ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޖްތިމާއީ މިންގަނޑުތަކާއި ހިލާފުވާ ޓީމުތަކަށް ފިއަވަޅުއަޅާނަން: ބައިބަލާ އެސޯސިއޭޝަން

ބައިބަލާ މެޗެއްގެ ތެރެއިން: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުުހުންގެ އިރުޝާދާއި އެއްގޮތަށް ބައިބަލާ މެޗުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި ކުޅިވަރުގެ ރޫހާއި އިޖްތިމާއީ މިންގަނޑުތަކާތި ހިލާފު އަމަލުތައް ހިންގާ ޓީމުތަކާއި މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅަނެކަމަށް ބައިބަލާ އެސޯސިއޭޝަން އިން ބުނެފިއެވެ.

ބައިބަލާ އެސޯސިއޭޝަންއިން މިއަދު ނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ ބައިބަލާއަކީ ދިވެހި ރާއްޖޭގައި އޮތް ހަމައެކަނި ސަގާފީ ކުޅިވަރު ކަމަށެވެ. އަދި  ސަގާފަތާއި ގުޅިލާމެހިފައިވާ ކުޅިވަރަކާއިި ދިވެހި މުޖުތަމައުގައި ހިންގާ ނޭއްގާނީ އަމަލުތަކާއި ގުޅުވައި ދައްކަމުން ދާ ވާހަކަތައް އެ އެސޯސިއޭޝަންއިން ކުށްވެރި ކުރާކަމަށެވެ. އަދި ފުލުހުންނާއި ގުޅިގެން ފުލުހުންގެ އިރުޝާދުގެ މަތީން ބައިބަލާ ކުޅެން ހަމަޖެހިފައިވާ ތަނާއި އެ ތަނުގައި ކެމެރާ ހަރުކޮށް ސަޕޯޓަރުން ވަކިވާނެހެން ތަނުގެ އިންތިޒާމްތައް ހަމަޖައްސާ މުބާރާތް ކުރީންވެސް ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް އިންތިޒާމް ކުރަން ފަށާފައިވާކަމަށް ބި ބަޔާނުގައި ވެއެވެ.

 

ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު 32 ޓީމާއި 1000 ކުޅުންތެރިންނާއެކު ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ މުބާރާތް ހުއްޓުމަކަށް ގެނެސް ފަސް ކުރަން ޖެހުނީ މާލެ ސަރަހައްދުގައި ހިނގި މާރާމާރީތަކާއި ގުޅިގެން ފުލުހުންގެ އެދުމުގެ މަތިން ކަމަށެވެ. އަދި މުބާރާތް ފަސްކުރިއިރު ޓީމުތަކުން ޕްރެޓިކްސް ފަށާ، ބައިބަލާ ރިންގް އެޅުމުގެ އިތުރުން ޖާޒީ ޕްރިންޓު ކުރުމަށްވެސް ގިނަ ހަރަދު ތަކެއް ކޮށްފައިވާނެކަމަށް އެސޯސިއޭޝަންއިން ބުނެފައިވެއެވެ.

މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ ބައިބަލާ އެސޯސިއޭޝަންއިން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެނީ މެޗުތައް ކުޅެމުންދާ އިރު ޑިސިޕްލިން ހިފެހެއްޓުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: