ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭއި ހައެއް ކޮމިޓީގެ މާބޮޑު ބޭނުމެއް ނެތް، އެއީ ތަހުގީގު ކުރެވޭނެ ބައެއް ނޫން: އަސްލަމް

ރައީސް މުހައްމަދު ނަޝީދާއި، ހިތަދޫ އުތުރު ދާއިރާ މެންބަރު އަސްލަމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލިސް ތެރެއިން އެކުލަވާލި މެއި 6 ގެ ކޮމިޓީއަކީ ބޭކާރު ކޮމިޓީއެއްކަމަށް ޓޫފޯވަން ކޮމިޓީގެ މުޤައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ މެއި 6 ގައި ރައީސް ނަޝީދަށް ދެވުނު ހަމަލާއަށް އަހަރެއް ފުރުމާއި ގުޅިގެން “ސަންގު ޓީވީ” އިން ބޭއްވި ހާއްސަ ކަވަރޭޖްގައި ވާހަކަދައްކަވަމުންނެވެ. އަސްލަމް ވިދާޅުވީ އޭނާ ދެކޭ ގޮތުގައި 241 ކޮމިޓީން ކުރި ދިރާސާތަކަށް ފަހު މެއި 6 ގެ ކޮމިތިން ކުރަންޖެހޭ މަސައްކަތެއް އޮތްކަމަށް ގަބޫލު ނުކުރެވެ އެވެ.

ސިޔާސީ ޕާޓީތަކަކީ އެއީ ތަހުގީގެއް ހިންގުމުގެ ބާރު ލިބިގެންވާ ބައެއް ނޫންކަން ފާހަހަކޮށް އަސްލަމް ވިދާޅުވީ މަޖިލީހުގެ ކޮމިޓީގައި އީވާ އަބްދުﷲ އާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ. އެހެން ކަމުން އަނެއްކާ އިތުރު ކޮމިޓީއެއް އެކުލަވާލައި ކުރަން ޖެހޭ މަސައްކަތެއް އޮތްކަމަށް ގަބޫލު ނުކުރާކަމަށް އޭނާ ވިދާޅުވި އެވެ.

މޭއި ހައެއް ކޮމިޓީއަކީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގަށް ފާރެވެރިވުމަށާއި، މައްސަލަ ކުރިޔަށް ދާ ގޮތް ދާ ގޮތް ބެލުމަށް އުފެއްދި ކޮމިޓީއެކެވެ.

މި ކޮމިޓީން ވަނީ އެކި އިދާރާތްތަކާއި ބައްދަލުކޮށް، އެބޭފުޅުންނާއި ދެކެވުނު ވާހަކަތައް ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ފުލުހުންނާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް، އެޑިއުކޭޝަން މިނިސްޓްރީ ހިމެނެ އެވެ.

ކޮމިޓީން ހިއްސާ ކުރި މައުލޫމާތުތަކުން އެންމެ ބޮޑަށް މީޑިއާތަކުގައި ދެކެވުނީ ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ހަރުކަށި ފިކުރުގެ ތެރެއަށް ވަންނަމުންދާކަމަށް ބުނެ ދެކެވުނު ވާހަކަތާއި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ހަވާލާދީ ހާމަކުރި ވާހަކަތަކުގެ އިތުރުން ޓެރަރިޒަމްގެ ގާނޫނުގެ ބޭނުމެއް ނުހިފޭކަމަށް ހޯމް މިނިސްޓަރު ވިދާޅުވި ވާހަކަ އެކެވެ.

މޭއި ހައެއް ކޮމިޓީގައި ހިމެނިވަޑައިގަންވަނީ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއި، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުގެ އިތުރުން، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: