ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭއި ހައެއް ކޮމިޓީއަށް އަސްލަމް ޖޯކު ޖެއްސެވިކަމަށް ބުނެ ހަސަން ލަތީފްގެ ނުރުހުން!

އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް:މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން އުފެއްދި 6 މެއި ކޮމިޓީގެ ވާހަކަތަައް 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވާހަކަ ދެއްކެވިގޮތާއި ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅޭގޮތުން ”ސަންގު“ ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ 241 ކޮމިޓީގެ މުގައްރިރު  މުހައްމަދު އަސްލަމް، 6 މެއި ގެ ކޮމިޓީގެ ވާހަކަ ދެއްކެވި މިޒާޖާއި ރާގު ކަމުނުދާ ކަމުގައި ހަސަން ވިދާޅުވިއެވެ.

ހަސަންގެ ވާހަކަ ފުޅުގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދެވުނު ހަމަލާގައި ސަރުކާރުން ވަނީ އެތައް ބައިވަރު އިހުމާލުތަކެއް ވެފައި ކަމަށާއި އެކަމާއި ގުޅިގެން ހެދި އިންކުއަރީ ކޮމިޓީގެ މުގައްރިރު ވަޑައިގެން އެވާހަކަ ސަކަ މިޒާޖެއްގައި ވާހަކަ ދައްކަވާ ތަން ބެލުމަށް އުނދަގޫ ކަމުގައި ވިދާޅުވިއެވެ. ހަސަން އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި 6 މެއި ކޮމިޓީ އުފެއްދީ އެމްޑީޕީގެ ގައުމީ މަޖިލީހުން ކަމަށާއި އަސްލަމަކީ ގައުމީ މަޖިލީސް މެމްބަރެއް ކަމަށާއި އެކޮމިޓީ އެކުލަވާލީ ގައުމީ މަޖިލީހުގެ އިއްތިފާގުން ކަމުގައެވެ.

އަސްލަމް ގައުމީ މަޖިލީހަށް ވަޑައިގަންނަވަނީ މަދުން ކަމަށާއި އެހެން ކަމުން އެކަން އެނގިވަޑައިނުގެންފާނެ ކަމުގައި ހަސަން ވިދާޅުވިއެވެ.

6 މެއި ކޮމިޓީ އިން ކުރަން ނިންމި މަސައްކަތަކީ ރައީސް ނަޝީދު މަރާލުމަށް ގޮއްވާލި ބޮމުގެ މައްސަލަ، ސަރުކާރުގެ ދައުލަތުގެ އެކި އިދާރާތަކުން ތަހުގީގު ކުރަމުން ދާގޮތް ދެނެގަނެ އޭގެ މައުލޫމާތު ގައުމީ މަޖިލީހަށް ދިނުމާއި އެ މަޖިލިސްތައް ލައިވްކޮށް ދެއްކުމެވެ. އަދި ގައުމީ މަޖިލީހުން ހަފްތާ އަކު އެއްފަހަރު ކަމާއި ގުޅޭ ބައްދަލުވުން ބޭއްވުމާއި އެ މައުލޫމާތު އެއްކުރުމަށް ފަހު ގައުމީ މަޖިލީހަށް ހިއްސާކުރުން ކަމުގައި ހަސަން ލަތީފް ވިދާޅުވިއެވެ. ޕާޓީގެ ލީޑަރު މަރާލަން ބޮންގޮއްވާލާއިރު، އެމައްސަލަ ބަލައި ތަހުގީގު ކުރާ މައުލޫމާތު ހޯދައި އެކަން ޕާޓީއަށް އަންގައި ދިނުމަކީ ސިޔާސީ ޕާޓީ އަކުން ކުރަންޖެހޭނެ ކަމެއް ކަމަށާއި އެކަމުގެ މައުލޫމާތު މައްސަލަ ބަލާ ކޮމިޓީއަށް އެކަނި އެނގުމުން ނިމުނީ އަކީ ނޫން ކަމަށާއި އެކަން އަންގައިދޭންޖެހޭ ޕާޓީގެ ގުނަންތައް އެބަހުރި ކަމުގައި ހަސަން ވިދާޅުވިއެވެ.

6 މެއި ކޮމިޓީގެ މަސައްކަތް ކުރެވުނީ ދަތި އުނދަގުލުން ކަމަށާއި ކުރެވުނު މަސައްކަތާއި މެދު އޭރުގެ ޗެއަރޕާސަނެއްގެ ހައިސިއްޔަތުން ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމުގައި ހަސަން ވިދާޅުވިއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އިމްތިޔާޒް ފަހުމީ އާއި ވާދަ ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްަމާއިލް އެވެ.

ފައްޔާޒްގެ ފަރާތުން އިންތިހާބުގައި ހިންގާލަން ގެ ނަމުގައި ކެމްޕޭން ހަރަކާތްތަކުގައި ވަކާލާތު ކުރަމުން ގެންދަނީ ޕާޓީ އޮތީ ނުހިގާ ކަމަށައި ޕާޓީ ހިންގާލަން ޖެހޭ ކަމަށެވެ. އެމްޑީޕީ ހިންގާލެވޭނީ ރަށްރަށުގައި ހުރި ޖަގަހަ ތަކާއި ހަރުގެ ތަކާއި އޮފީސްތައް ހިނގައިގެން ކަމުގައި ފައްޔާޒްގެ ޓީމުން ދަނީ ބުނަމުންނެވެ. އިންތިގެ ފަރާތުން ތިލަފަތުގެ ރަމްޒުގެ ނަމުގައި ކެމްޕޭން ކުރަމުން ދާ އިރު، އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ އެމްޑީޕީގެ އަސާސްތަކާއި އުސޫލު ތަކުގައި ހިފެހެއްޓުމާއި އެކަން ދަމަހައްޓައި ނަޒާހަތްތެރިކަމާއި އިންސާފާއި ތެދުވެރިކަން އިސްކުރުމުގެ ވާހަކައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު އޮންނާނީ މި މެއި މަހުގެ 14 ވަނަ ދުވަހުއެވެ.

އިންތިހާބުގައި ޗެއަރޕާސަންގެ މަގާމާއި، އަންހެނުންގެ ރޫހުގެ ރައީސާ ކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސްގެ އިންތިހާބު  ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: