ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާޓްސިލާ އާއި ސްޓެލްކޯގެ ޒަމާންވީ ގުޅުމާއި އިންޖިނޭރުންނަށް އެކުންފުނިން ތައުރީފްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯ އާއި ދުނިޔޭގެ އެންމެ ވަރުގަދަ ޖަނަރޭޓަރުސެޓް އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފިންލެންޑްގެ ވާޓްސިލާ ކުންފުންޏާއެކު މަސައްކަތް ކުރާތާ 30 އަހަރުވުމާއެކު އެކަމަށް ސްޓެލްކޯއަށް މަރުހަބާ ކިޔާ ތައުރީފްކޮށްފިއެވެ.

ރާއްޖެއަށް ފުރަތަމަ ވަޓްސިލާގެ ޖަނަރޭޓަރު ސެޓެއް ގެނެސްފައިވަނީ 1990 ވަނަ އަހަރުއެވެ.

އާންމުގޮތެއްގައި ޑީސަލް ޖަނަރޭޓަރެއްގެ އުމުރަކީ 25 އަހަރެވެ. ނަމަވެސް މާލޭގެ އިންޖީނުގެއަށް ގެނައި ވާޓްސިލާ ޖަނަރޭޓަރު ސެޓްތައް ދަނީ މިއަދާ ހަމައަށްވެސް ބޭނުންކުރަމުންނެވެ. އެކަން ފާހަގަކޮށް  ވާޓްސިލާއިން ވަނީ އެ ޖެނެރޭޓަރުތަކުގެ މެއިންޓަނަންސް ބެލެހެއްޓުމުގައި ސްޓެލްކޯގެ ގާބިލް އަދި ތަޖުރިބާކާރު އިންޖިނިއަރުންގެ މަސައްކަތް ފާހަަގަކޮށް އެކަމަށް ވަޓްސިލާގެ ޓީމުން ވަނީ މަރުހަބާ ކިޔައިފައެވެ.

ވާޓްސިލާ އަކީ 1834 ވަނަ އަހަރު ވަޑާމުގެ މަސައްކަތްތަކަށް ހާއްސަކޮށްގެން އުފެއްދި ކުންފުންޏެކެވެ. 180 އަހަރު ވީ މި ކުންފުނިން 1959 ގައި ފުރަތަމަ ޖެނެރޭޓަރު ސެޓް އުފައްދާފައިވާއިރު ބައިނަލް އަގްވާމީ ގޮތުން ޖެނެރޭޓަރު ސެޓްގެ ހިދުމަތް ފުޅާކޮށްފައިވަނީ 1970 ގެ އަހަރު ތަކުގެ ތެރޭގައެވެ.

ވަޓްސިލާއިން 1990 ވަނަ އަހަރު ފޮނުވި ދެ ޖަނަރޭޓަރު ސެޓްގެ އިތުރުން މާލޭ އިންޖީނުގެއަށް އިތުރު ހަ ޖަނަރޭޓަރު ސެޓް ވަނީ ގެނެސްފައެވެ. އަދި ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޮޓް އިންޖީނުގޭގައި ބޭނުން ކުރަމުންގެންދަނީ ވެސް ވާޓްސިލާގެ ހަ ޖަނަރޭޓަރު ސެޓެވެ. އެއާއެކު ވާޓްސިލާ އިންޖީނު ތަކުގެ ކެޕޭސިޓީ ޖުމްލަ 100 މެގަވޮޓަށް އަރައެވެ.

ޖެނެރޭޓަރު ސެޓް ފޯރުކޮށްދިނުމުގެ އިތުރުން ވާޓްސިލާ ލައިފް ސައިކަލް ސާވިސަސްގެ ހިދުމަތަުގެ ދަށުން ސްޓެލްކޯގެ އިންޖިނިއަރުންނަށް އަބަދުވެސް ތަމްރީނުތައް ކުރިއަށްގެންދެއެވެ. މީގެ އިތުރުން ވާޓްސިލާގެ އެންމެފަހުގެ އުފެއްދުން ކަމަށްވާ ސްޓޭޓް އޮފް ދަ އާޓް އިންޖީން ކޮންޓްރޯލް އެންޑް މޮނިޓަރިން ސިސްޓަމް މިހާރު ސްޓެލްކޯގައި ދަނީ ބޭނުންކުރަމުންނެވެ.

މިއީ ޖަނަރޭޓަރު ސެޓްތަކުން ކަރަންޓު އުފައްދަން ބޭނުންވާ ތެލުގެ މިންވަރު ކުޑަކޮށް ވައި ތަގައްޔަރުވާ އިންސައްތަ މަދުކުރުމަށް އުފައްދާފައިވާ ސިސްޓަމެކެވެ.

ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފު ވިދާޅުވީ ރާއްޖެފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެގެންވާ އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވާ ގައުމަކަށް ކަރަންޓު ފޯރުކޮށްދޭންޖެހޭ ނިޒާމު ތަފާތުވި ކަމުގައިވީނަމަވެސް ކަރަންޓުގެ ހިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭ ކަމަށެވެ.

އަދި އެއީ ވާޓްސިލާ ކުންފުނީގެ ޓެކްނިކަލް ގާބިލުކަމާއި އެފަރާތުން ދެއްވާ ކަސްޓަމާ ސާވިސްގެ ފުރިހަމަކަމުން ކަން ފާހަގަ ކުރެއްވިއެވެ.

ޝަރީފު ވިދާޅުވީ 1990 ވަނަ އަހަރު ބޭނުންކުރަން ފެށި ޖަނަރޭޓަރު ސެޓްތައް މިއަދާ ހަމައަށް އެހާ ފުރިހަމައަށް މަސައްކަތްކުރުމަކީ ފާހަގަ ކުރަންޖެހޭ ކަމެއްކަމަށެވެ.

އަދި ވާޓްސިލާ ކުންފުނިން ސްޓެލްކޯއަށް މިހާތަނަށް ފޯރުކޮށްދިން އެހީތެރިކަމާއި މިހާރުވެސް ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށް ޝަރީފު ވަނީ މުސްތަގުބަލުގައި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ސްޓެލްކޯ އިން ކުރަމުންގެންދާ މަސައްކަތުގައި ވާޓްސިލާގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.

ވާޓްސިލާ އެނާރޖީގެ ދެކުނެ އޭޝިއާގެ ޑިރެެކްޓަރު، ހެންރީ ވޭން ބޮކްސްޓެލް ވިދާޅުވީ ދެކުންފުނީގެ ދެމެދުގައި ދިގު މުއްދަތަކަށް ދެމިގެން މިދާ ގުޅުމަކީ ވަރަށް ފާހަގަކޮށްލެވޭ ގުޅުމެއް ކަމަށާއި 30 އަހަރު ވަންދެން ޖަނަރޭޓަރުތަކުން ކަރަންޓު ފޯރުކޮށްދެވުމުން އެނގެނީ ސްޓެލްކޯގެ އިންޖީނިއަރުންގެ ގާބިލުކަމާއި މެއިންޓަނަންސްގެ މަސައްކަތަކުގެ ފުރިހަމަކަން ކަމަށެވެ.

އަދި ވާޓްސިލާ ގްރޫޕްގެ އުއްމީދަކީ އެ ކުންފުންޏާއި ދިވެހި ސަރުކާރާއި ސްޓެލްކޯއާ ދެމެދު އޮންނަ ގުޅުން އިޔާދަކުރުވަނިވި ހަކަތައަށް ބަދަލުކުރާ މަރުހަލާގައިވެސް އެގޮތުގައި ދެމިއޮތުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: