ރެފްކޫލް އެންޑް ރެފްކޫލް މެރިންއިން މިދިޔަ ރޯދަ މަހާއި ދިމާކޮށް ކުރިޔަށް ގެންދިޔަ ”ކޫލް ޕްރޮމޯޝަން“ ގެ ނަސީބުވެރިން ހޮވައިފި އެވެ.
ރެފްކޫލްގެ މި ޕްރޮމޯޝަނުގައި އަގު ހުރި އިނާމުތަކެއް ވަނީ ހިމަނާފަ އެވެ. 30 އިންސައްތަ ޑިސްކައުންޓާއި ހަމައަށް، މި ޕްރޮމޯޝަން ކުރިޔަށް ގެންގޮސްފައި ވަނީ އަގު ހުރި ބޮޑެތި އިނާމުތަކާއި އެކު އެވެ.
މި ޕްރޮމޯޝަންގެ ދަށުން މީގެ ކުރިން 9000 ބީޓީޔޫގެ 8،407 ރުފިޔާއަށް ލިބޭ ލޯމޯ އޭސީ ވިއްކާފައި ވަނީ 7،288 އަށެވެ. އަދި 12000 ބީޓީޔޫގެ 9،407 ރުފިޔާއަށް ހުރި އޭސީ ކަސްޓަމަރުންނަށް 7،888 ގަތުމުގެ ފުރުސަތު ލިބިގެން ދިޔަ އެވެ.
މީގެއިތުރުން 13،213 އަށް ވިއްކި 18،000 ބީޓީޔޫ އޭސީ ޕްރޮމޯޝަންގެ ދަށުން ވިއްކާފައި ވަނީ 10،688 އަށެވެ. އަދި 15،212 އަށް ވިއްކި 24،000 ބީޓީޔޫ އޭސީ 13988 ރުފިޔާއަށް ޕްރޮމޯޝަންގެ ދަށުން ލިބިގެން ދިޔަ އެވެ.
ރެފްކޫލްއިން ރޯދަ މަހު ކުރި މި ވިޔަފާރިތަކަށް، އޭސީ ހަރުކޮށްދިނުން ފިހާރައިން ހިލޭ އެވެ.
ޕްރޮމޯޝަންގައި ތިން ވަނަ ނަސީބުވެރިޔާ، މުއާދިސްއަށް ލިބިފައި ވަނީ ވަމްބާއޯ ފްރިޖެކެވެ. އަދި ދެވަނައަށް ހޮވުނު މުހައްމަދު އުމައިރަށް ހައިސެންސް 32 އިންޗީޓީގެ ޓީވީއެއް ވަނީ ލިބިފަ އެވެ.
މި ޕްރޮމޯޝަނުގެ އެއްވަނަ ނަސީބުވެރިޔާއަށް ލިބިފައި ވަނީ ޕެރެޑައިސް ރިސޯޓުން ދެރޭގެ ދެ މީހެއްގެ ހުރުމެވެ.
ރެފްކޫލްއިން ކޮންމެ ރަމަޟާން މަހަކާއި ވެސް ދިމާކޮށް، އަގު ހުރި އިނާމުތަކާއި އެކު ޕްރޮމޯޝަންތައް ކުރިޔަށް ގެންދާކަން ފާހަގަ ކުރެވެ އެވެ.
މި އަހަރުގެ ޕްރޮމޯޝަނުގައި ވެސް ގިނަ ކަސްޓަމަރުން ބައިވެރިވެފައިވާކަން ރެފްކޫލްގެ ފަރާތުން ވަނީ ފާހަގަ ކުރައްވާފަ އެވެ.

