ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަމާލުވޭ، ގިނަ ފިހާރަތަކުގައި ކުނިވެފައި ހުރި ބިސް!

ބާޒާރުުގައި ވިއްކަން ހުރި ބިސް ކޭސްތަކެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއް ފިހާރަތަކުން ކުނިވެފައި ހުރި ބިސް ވިއްކަމުންދާކަން ފާހަގަ ކުރެވިފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ބިސް ބަހައްޓަން ޖެހެ ފިނި ހޫނުމިނުގައި ނުބެހެއްޓުމާއި އަދި އެ ނޫން ވެސް ބައެއް ސަބަބުތަކާއި ހުރެ ގިނަ ފިހާރަތަކުގައި ހުރި ބިސްތައް ވަނީ ހަލާކުވެފަ އެވެ. އެކަމާއި ގުޅިގެން އެމްއެފްޑީއޭއިން ބަޔާނެއް އާއްމުކޮށް ބުނީ މާލޭގެ ގިނަ ފިހާރަތަކުން އާއްމުންނަށް ވިއްކާ ބިސް ކުނިވެ ހަލާކުވެފައިވާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

މިއީ އާއްމު ސިއްހަތަށް ނޭދެވޭ އަސަރު ކުރާނެ، އަދި ކާބޯތަކެތީގެ ޒަރިއްޔާއިން ނުރައްކާތެރި ބަލިތައް ފެތުރިދާނެ ސަބަބަކަށް ވުމުން އެކަމަށް ސަމާލުވުމަށް އެމްއެފްޑީއެއިން އެދުނެވެ. އަދި ފިހާރަކަކުން ވިސް ވިއްކަން ވާނީ އެ ރައްކާކުރުމަށް ކަނޑައެޅިފައިވާ ފިނިހޫނުމިނުގައި ބަހައްޓައި މުއްދަތު ހަމަވާ ތާރީހު އެނގޭ ގޮތަށްކަން ވެސް އެމްއެފްޑީއޭގެ ބަޔާނުގައި ވެއެވެ.

އެމްއެފްޑީއޭއިން ބުނީ ފިނިކޮށްފައި ހުންނަ ބިސް ރައްކާތެރިކަމާއި އެކު ބެހެއްޓޭނީ، ގިނަވެގެން ތިން މަސް ދުވަހު ކަމަށެވެ. އަދި ފިނި ނުކޮށް ހުންނަ ބިސް ބެހެއްޓޭނީ 28 ދުވަހުގެ މުއްދަތަކަށްކަން ފާހަގަކޮށް އެމްއެފްޑީއޭއިން ބުނީ، މުއްދަތު ހަމަވާ ތާރީހު ހަމަވުމުން، ބިސް ކުނިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެހެންކަމުން، ބިސް ވިއްކަން ބަހައްޓާއިރު، ރައްކާ ކުރުމަށް ކަނޑައަޅާފައިވާ ފިނިހޫނުމިން ކޮންޓްރޯލް ކުރުމަށާއި ބިސް ގަންނަ ފަރާތްތަކުން ބިހުގެ މުއްދަތު ހަަމަވާ ތާރީހަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭކަމަށް ބަޔާނުގައި ވެއެވެ.

މާލޭގައި ދޭތެރެއަކުން ފިހާރަތަކުގައި ކުނި ބިސް ހުންނަ މައްސަލަ ބޮޑުވެ އެވެ. ހާއްސަކޮށް ރޯދަ މަހަށް ފަހު، ކުނި ބިސްތައް ގިނަވާކަމުގެ ޝަކުވާ އޮވެ އެވެ. އެއީ ރޯދަ މަހަށް ދިމާކޮށް، ގިނަ އަދަދެއްގެ ބިސް ރާއްޖެއަށް އެތެރެ ކުރާތީކަމަށް ބެލެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: