ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށުގެ ތުހުމަތު ކުރެވޭ މީހަކު ހެކި ނެތްކަމަށް ބުނެ ދޫކޮށްލި މެޖިސްޓްރޭޓެއްގެ މައްޗަށް ފިޔަވަޅު އަޅަނީ!

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ސިޔާމާ މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިިސްޓްރޭޓް، ސިޔާމާ މުހައްމަދާއި މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން ( ޖޭއެސްސީ) އިން ނިންމައިފިއެވެ.

އެކަން ހާމަކޮށް ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލެ ކޯޓަށް ހުށައެޅުނު މައްސަލައަކާއި ގުޅިގެން ބަންދުގައި ހުރި ފަރާތެއް ބަންދުން ދޫކޮށްލާ ސަބަބެއްގެ ގޮތުގައި އެފަރާތުގެ ކުށުގެ ރިކޯޑު ފިޔަވައި އިތުރު ހެއްކެއް ހުށައަޅާފައިނުވާތީ ކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގައި ބަޔާން ކޮށަފައިވަނީ ކުށުގެ ރިކޯޑް ފިޔަވައި އިތުރު އެހެން ހެކިވެސް ހުއްޓާ ކަމަށް ކޯޓަށް ފުލުހުން ހުށައެޅި ލިޔެކިއުމުގައި ފާހަގަކޮށްފައި ވަނިކޮށްކަމަށެވެ.

އެމައްސަލައިގައި ހުރި ހެއްކަކީ ކޮބައިތޯ އިތުރަށް ސާފުކުރުމެއްނެތި ހަގީގަތާ ހިލާފަށްކަން އެނގޭ ކަމަށާއި، ތުހުމަތުކުރެވޭ ފަރާތުން ބަންދުން ދޫކޮށްލިކަން ޝަރީއަތުގެ މަޖިލީހުގައި އިއުލާން ކުރިއިރު އެކަމުގައި އިސް މެޖިސްޓްރޭޓް ސިޔާމާ މުހައްމަދު އަމަލުކޮށްފައިވަނީ ޒިންމާދާރު ކަން ކުޑަގޮތެއްގައިކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސިޔާމާ މުހައްމަދުގެ އެ އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ހިލާފު އަމަލެއްކަމުގައި ވާތީ، ސިޔާމާ މުހައްމަދަށް ނަސޭހަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމުގައި ޖޭއެސްސީން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: