ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލަ ހައްލުވާން ދެ ދުވަސް ނަގާނެ، ލޯޑު ބޮޑުވެ ކަރަންޓު ކެނޑުމުގެ ފުރުސަތު އެބައޮތް: ޝަރީފް

ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަރީފް/ ފޮޓޯ: ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއިން މިއަދު ކަރަންޓު ކެނޑެން ދިމާވި ސަބަބު ހައްލު ކުރުމަށް އިތުރު ދެ ދުވަސް ނަގާނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ރޭ ފަތިހު މާލެއިން ކަރަންޓު ކެނޑެން ދިމާވި ސަބަބާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ، ކުންފުނީގެ ކޭބަލްއަކަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. މައްސަލަ ތަފްސީލުކޮށް ދީ ޝަރީފް ވިދާޅުވީ، ކުންފުނީގެ ތިން ޕަވާރ ހައުސްއަކުން ހިދުމަތް ދެއިރު، އޭގެ ތެރެއިން އެއް އިންޖީނުގެ އެއީ ގާކޮށީގެ އިންޖީނުގެ ކަމަށެވެ. ނަމަވެސް އެއީ ކުންފުނިން ހިންގާ ތަނެއް ނޫންކަން ފާހަފަކޮށް ޝަރީފް ވިދާޅުވީ، ބާކީ ހުރި ދެ ޕަވާ ހައުސްއިން ޖުމްލަ 16 ފީޑާރ ނިކުންނަ ކަމަށެވެ.

ޝަރީފް ވިދާޅުވީ ވަޓްޒިލާ ޕަވާރ ހައުސްއިން 07 ފީޑަރ އިންނައިރު، ދިމާވި މައްސަލައެއްގައި ގެއްލުން ލިބުނީ 08 ވަނަ ފީޑަރަށް ކަމަށެވެ. އަދި ކަރަންޓު ކެނޑެން ދިމާވި ސަބަބަކީ އެއީކަމަށް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވި ފީޑަރަކީ އަމީނީ މަގުން، ގާކޮށި ކައިރީ ހުންނަ ސަބްސްޓޭޝަނަށް ދާ ކޭބަލެކެވެ. ކޮންމެ ފީޑަރަކުން ވެސް މާލޭގެ 10 ސަރަހައްދަކަށް ކަރަންޓު ފޯރުކޮށްދެ އެވެ.

ކޭބަލަށް ގެއްލުމެއް ލިބިފައި ވަނީ މީގެ ދުވަސްތަކެއް ލުރިން ގެންދިޔަ މަސައްކަތެއްގެ ތެރެއިންކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ކަރަންޓު ކެނޑުނީ އާތް ފޯލްޓެއް ދިމާވެގެންކަން ފާހަގަ ކުރެއްވި އެވެ.

 

ވަގުތީ ގޮތުން މައްސަލަ ހައްލު ކުރީ، ޝަރީފް ވިދާޅުވި ގޮތުގައި ކަރަންޓު ދޭ ސަރަހައްދުތަކަށް ފީޑަރު ބަހާލައިގެންނެވެ. މީގެ ސަބަބުން ކަރަންޓު ލޯޑު ބޮޑުވެ، ބައެއް ސަރަހައްދުތަކުން ކައިރި ކައިރީ ކަރަންޓު ކެނޑުނެވެ. ޝަރީފް ވިދާޅުވީ މަސައްކަތް ހައްލު ކުރަން މަސައްކަތް ކުރާ ވަގުތު، ލޯޑު ބޮޑުވާ އިތުރު ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މެންދުރު ފަހުން އެ ފުރުސަތު ބޮޑުވާނެކަމަށް ޝަރީފް ވިދާޅުވި އެވެ.

މައްސަލަ ދާއިމީ ގޮތެއްގައި ގައްލު ކުރުމަށް ނަގާނެ ގާނެ ސީދާ ދުވަހެއް ވިދާޅުނުވީ ނަމަވެސް، ޝަރީފް ފާހަގަ ކުރެއްވި ގޮތުގައި ވަޓްޒިލާ ޕަވާރ ހައުސްއިން ނިކުންނަ ކޭބަލް ގާކޮށި ކައިރީ ހުންނަ ސްބްސްޓޭޝަނާއި ހަމައަށް އިތުރު ކޭބަލްއެއް އެޅިދާނެ އެވެ. ދެވަނަ ގޮތަކީ ހަލާކުވި ކޭބަލް މަރާމާތު ކުރުން ނަމަވެސް، އެއީ ނަގަން ޖެހޭ ރިސްކެއްކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު ކޭބަލްއެއް އެޅުމަށް ކުންފުނިން ނިންމާފައިވާކަން ހާމަކޮށް ޝަަރީފް ވިދާޅުވީ، އެ މަސައްކަތަށް ދެ ދުވަސް ނަގާނެކަމަށް ބެލެވޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: