ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދެއް ކަމަށްވާ ކިނބިދޫ- ވޭމަނޑޫ ކޯޒްވޭ މި ރިޔާސީ ދައުރުގައި ނުނިމޭނެ ކަމަށް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާރ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކިނބިދޫ- ވޭމަންޑޫ ގުޅާލުމަށްޓަކައި އެޅުމަށް ނިންމާފައިވާ ކޯޒްވޭއާއި ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ އެ ކޯޒްވޭ އެޅުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެކަމަށް ބޭނުންވާ ބަޖެޓް ލިބެންޖެހޭ މިންގަނޑަށް ލިބިފައި ނުވުން ކަމަށެވެ. އެހެންކަމުން މިދިއަ އަހަރު އަދި މި އަހަރުވެސް އެކަމަސް ސަރުކާރުގެ ބަޖެޓުގައި 1 މިލިއަން ރުފިޔާ ކަނޑައެޅިފައިވި ކަމަށް ފާހަގަކުރަށްވާ އަސްލަމް ވިދާޅޫވީ، އެހެން ނަމަވެސް 522 މިލިއަން ރުފިޔާގެ ހަރަދު ހޭދަވާނެ މަޝްރޫޢއެއް 1 މިލިިއަންއިން ފަށައިގަނެވޭނެ ދުވެހެއް ދަންނަވަން އަސްލަމްއަށް އިންގިނުލައްވާކަމަށެވެ. އެހެންކަމުން މި ދައުރުގައި ބާކީ އޮތް މަދު ދުވަސްކޮޅު ތެރޭގައި މި މަސައްކަތްތައް ނުނިންމޭނެ ކަމަށްވެސް އަސްލަމްވަނީ އިޝާރާތް ކުރަށްވާފައިއެވެ.
ކިނބިދޫ- ވޭމަންޑޫ ކޯޒްވޭއާއި މެދު ވާހަކަދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، އެ މަސައްކަތްތައް ފެށިގެންދާނެ ދުވަހެއް ދަންނަވަން އެނގިނުލެއްވި ނަމަވެސް ފެށުމަށްޓަކައި ކުރައްވަންޖެހޭ ޕްރިލިމިނަރީ އެސެސްމެންޓް އަދި ކޮސްޓް ހަދާފައިވާ ކަމަށެވެ. އަދި މި ކޯޒްވޭ 3 ކިލޯމީޓަރަށް ދެމިގެންދާނެ އިރު ކޮންމެ މީޓަރަކަށް އެއް ލައްކަ ހަތްދިހަ ހަތަރު ހާސް ރުފިޔާ ހަރަދުވާނެ ކަމަށާއި ޖުމުލަކޮށް 522 މިލިއަން ރުފިޔާ ހަރަދުވެގެން ދާނެ ކަމަށް ފާހަގަކުރަށްވާ އަސްލަމް ވިދާޅުވީ މި ކޯޒްވޭގެ މަސައްކަތްތައް ކުރެވިގެންދާނެގޮތް ރާވަމުން ދިއުމުގެ ތެރޭގައި އިތުރު ކަމެއް ފާހަގަ ވެގެންދިއަކަމަށެވެ.
އެހެންކަމުން ކިނބިދޫ އަދި ވޭމަނޑޫ ދޭތެރޭގައި އޮންނަ ފަޅުރަށެއް އެލާގެ ނަން ދެވިފައިވާ ރިސޯޓެއް ހެދުމަށް ކުރިންވަނީ ހަމަޖެހިފައިކަމަށާއި އެ ކޯޒްވޭ ހަދަންޖެހޭނީ އެރަށުގެ އަރިމަތިން ނުވަތަ މެދުންކަމަށް ފާހަގަކުރަށްވާ އަސްލަމް ވިދާޅުވީ، ނަމަވެސް މިހާރު ޓުއަރިޒަމް މިނިސްޓްރީއާއި ގުޅިގެން އެ ރަށް ދޫކުރެވިފައިވާ ފަރާތާއި އެއްބަސްވުމެއް ހަދައި އެ މައްސަލަ ވަނީ ހައްލު ކުރެވިފައިކަމަށެވެ.
ކޯޒްވޭއާއި މެދު އިތުރަށް ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ބަޖެޓް ފުރިހަމައަށް ލިބިފައި ނުވުން އަދި އެ ދޭތެރޭގައި ރަށެއް އޮތުން ފަދަ ދަތިތައް ކުރިމަތިވީ ނަމަވެސް މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަސައްކަތްތައް ކުރަށްވަމުން ދާކަމަށެވެ. އަދި އެހެންކަމަށް ނުވާނަމަ މަސައްކަތް ކުރަން ފެށުމަށް ބަލަންޖެހޭކަންކަން އަދި ހަރަދުތައް ދާނެ ވަރު އެނާ ނުބައްލަވާނެކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައިއެވެ.
ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާރ މުހައްމަދު އަސްލަމް މިފަދައިން ވިދާޅުވެފައިވާ އިރު، ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތަހާބަށް ކުރެއްވި ކެމްޕެއިން ދަތުރު ތަކުގައި ދިވެހި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރު ކުރަށްވައި ވައުދުތަކެއް ވެވަޑައިގެންފައިވާ ކަން ފާހަގަކޮށްލެވެއެވެ. އެހެން ކަމުން ބައެއް ރަށްރަށުގައި އެއަރޕޯޓް އެޅުމާއި ކޯޒްވޭތަކުން ގުޅުވާލުމަށް ވައުދުތައް ވެވަޑައިގެންފައިވާނަމަވެސް އިންހާބުވެލެއްވުމަށް ފަހު މިފަދަ ބައެއް ވައުދު ތަކަށް ބަދަލުތަކެއް ގެންނަވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

