ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިއަވަތި ރާއްޖެ: ކައުންސިލްތަކުން އެދުނީ ފަހަތު ފަޔަށް ބުރަނުވެ، އެއްހަމައަކުން ގާނޫނު ތަންފީޒު ކޮށްދިނުމަށް

ކޮންފަރެންސްގެ ތެރެއިން ޕެލްގައި ރައީސް އަދި ވަޒީރުން ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޖުމްހުރިއްޔާގެ ގާނޫނު އަސާސީގެ 8 ވަނަ ބާބުގައިވާ “ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު” ގައިވާ ގޮތުގެ މަތިން މަގާމުތަކާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލްތައް އުފެއްދުމަށާއި، މި ފަރާތްތަކުގެ ސިފަތަކާއި އިހްތިސާސް ކަނޑައެޅުމުގެ އިތުރުން ކަމާއި ބެހޭ އެންމެހައި އުސޫލްތައް ބަޔާން ކުރުމަށްޓާކައި ހެދިފައިވާ ގާނޫނަށް އިސްލާހު ގެންނަވާ ގާނޫނު އަލުން ތަސްދީގު ކޮށްދެއްވީ 2019 ވަނަ އަހަރުގެ އަދުގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

“ވިޔަވަތި ރާއްޖެ” މި ނަމުގައި ބާއްވާ ކޮންފަރެސްގެ ދަށުން ލާމަރުކަޒީ ގާނޫނާއި ބެހޭ ގޮތުން ރައީސުލްޖުމްހުރިއްޔާ ބައިވެރިވެވަޑައިގެން ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުން ކުރިއެރުވުމުގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި ގައުމުގެ ވަޒީރުންނާއި އަދި އިތުރުން މިކަމާއި ބެހޭ އިދާރާތްތަކުގެ އިސް ފަރާތްތަށް ބައިވެރިވެވެޑައިގެން ގާނޫނު ތަންފީޒް ކުރުމުގައި ދިމާވާ ގޮންޖެހުން ތަކާއި އަދި އިތުރަށް މި ގާނޫނުގެ ދަށުން ކުރެވޭ މަސައްކަތްތަކަށް އިތުރަށް ފުރިހަމަކަން ގެނައުމަށްޓަކައި މަޝްވަރާކުރެވި ހިޔާލު ބަދަލު ކުރެވިގެންދެއެވެ.

އެގޮތުން ފުރަތަމަ ފަހަރަށް 2019 ވަނަ އަހަރުގައި ބޭއްވިގެންދިޔަ ކޮންފަރެންސްގައި އައު ގާނޫނު ތަސްދީގު ކުރެވިގެންދިޔުމާއިއެކު ގާނޫނުގެ ދަށުން ވަނީ ގިނަ ކަންތައްތަކެއް ތަންފީޒް ކުރެވިގެން ގޮސްފައެވެ. މީގެ ތެރޭގައި ގާނޫނާއިއެކު އައި ބޮޑެތި ބަދަލުތަކުގެ ތެރޭގައި ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ކައުންސިލްތަކަށް ދީ އަދި ކައުންސިލްތަކުގެ އިހްތިސާސް ކަނޑައަޅައި ހަމައެއާއިއެކު ކައުންސިލްތަކުގެ 33 އިންސައްތަ ހިއްސާ އަންހެނުންނަށް ހާއްސަކުރެވިގެން ދިޔުން ފާހަގަކޮށްލެވެއެވެ.

ސިޔާސީ މައިދާނުގައި ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށްޓަކައިވެސް މި ގާނޫނަށް ގެނެވުނު އިސްލާހާއިއެކު މަސައްކަތް ކުރެވިގެންދިޔައެވެ.

މއއ އުކުޅަހުގައި “ވިއަވަތި ރާއްޖެ” ގެ ދެވަނަ ކޮންފެރެންސްއެއް ބޭއްވިގެންދިޔައިރު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.  މެދު ރާއްޖެ ތެރެއަށް ހާއްސަކޮށް ގެންދެވުނު މި ކޮންފަރެންސްގައި ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުން 174 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކެބިނެޓުގެ ވަޒީންނާއި ބައެއް މަޖިލީހަސް މެންބަރުންގެ އިތުރުން ކުންފުނިތަކުގެ އެމްޑީންވެސް ވަނީ މި ކޮންފަރެންސްގައު ބައިވެރިވެވަޑައިގެންފައެވެ.

ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު ހެޔޮ ބަދަލުތަކުގެ ނަތީޖާއަކީ މިއަދު 388 އަންހެން އިންތިހާބީ ކައުންސިލަރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބުންކަމަށެވެ. އާބާދީގައި އަންހެނުންގެ ނިސްބަތް އޮންނަ މިންވަރާއި ގައުމުގެ ކަންކަމުގައި އަންހެނުން ހިއްސާވާ މިންވަރުގެ ފަރަގު ބޮޑެވެއްޖެނަމަ ތަރައްގީގެ ދުވެއްޔަށް އުޅާސް އަރާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނިމިދިޔަ ކައުންސިލް އިންތިހާބަކީ މި ގާނޫނު ތަސްދީގު ކުރެއްވުމަށްފަހު ބޭއްވިގެން ދިޔަ ފުރަތަމަ އިންތިޙާބުކަމުގައި ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، ވޭތުވެދިޔަ އެއް އަހަރު ދުވެހުގެ ތެރޭގައި ގެނައި ބަދަލުތައް އޭގެ ހަގީގީ މާނާގައި ތަންފީޒް ކުރެއްވުމަށްޓަކައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ބޭފުޅުން ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށެވެ.

ސަރުކާރާއި ކައުންސިލްތަކަށްވެސް ފާއިތުވެދިޔަ އަހަރުގެ ތަޖުރިބާ ވަރަށް ތަފާތުކަމަށާއި އުކުޅަހަށް ކައުންސިލްތަކާއި އަދި މި ލާމަރުކަޒީ ގާނޫނު ހިގާ ފަރާތްތަކުން ވަޑައިގެން ތިއްބެވީ “ފޮށި ތައްމައްޗަށް” ވުރެ މާބަރު އެއްޗެއް ހިފައިގެންކަމުގައި ވިދާޅުވިއެވެ. އެއީ އެއް އަހަރުން ފެންމަތިވީ ހުރިހާ މައްސަލަތަކާއި ފާހަގަވީ ގޮން ޖެހުންތަކުގެ ތަޖުރިބާކަމުގައި ރައީސް ވިދާޅުވިއެވެ.

ފާއިތުވެދިޔަ އަހަރުގެ ތެރޭގައި 77 ކައުންސިލް ބައްދަލުވުން ބޭއްވިންކަމަށާއި ކައުންސިލްތަކުގެ ގޮންޖެހުންތައް އަޑުއަހާ މަޝްވަރާއާއި ހިޔާލު ބަދަލު ކުރިންކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ބައްދަލުވުންތަކުން ރައީސްއަށް ފާހަގަވީކަމުގައި ދެންނެވީ ކައުންސިލަށް ބޭނުންވާ ބަޖެޓާއި ވަސީލަތްތަށް ނެތުމާއި، މަސައްކަތް ކުރުމަށް އެކަށޭނެ އުމުރާނީ ވަސީލަތްތަށް ނެތުމާއި އަދި ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް އޮތް ގާނޫނީ އަދި ފަންނީ ދަތިތަކާއި މީގެ އިތުރުން އިހްތިސާސްގައި ހިމެނޭ އިގްތިސާދީ މަންފާ ހޯދުމަށް އެޅިފައިވާ ހުރަސްތައްކަމުގައެވެ. އަދި ހަމައެއާއިއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރުމަށް އެކަށީގެންވާ ވަސީލަތާއި މަސައްކަތް ކުރާނެ މާހައުލު ނެތުމާއި ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ވަސީލަތްތަށް މަދުވުމުގެ ސަބަބުން ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންތައްތައް ނުކުރެވުމާއި ރަށުގެ އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ނުކުރެވުންކަމުގައި ވިދާޅުވިއެވެ. އަދި ގިނަ ކައުންސިލްތަކެއްގައިވެސް ހުރީ ދާދި އެއްފަދަ ގޮންޖެހުންތަކެއްގައި ވިދާޅުވެ ފާހަގަކުރެއްވީ ވުޒާރާތަކާއި ކައުންސިލްތަކުގެ ގުޅުން އިތުރަށް ވަރުގަދަ ކުރަންޖެހޭކަމަށް ދޭހަވިކަމަށެވެ.

މިކޮންފަރެންސްގައިވެސް ރަށް ރަށުގެ ކައުންސިލުން ފާހަގަ ކުރެއްވީ ހަމަ އެއް މައްސަލަތަކެކެވެ. އަދި ކައުންސިލަރުން ފާހަގަ ކުރެއްވީ ސަރުކާރުގެ ބައެއް ވުޒާރާތަކާއި މުއާމަލާތް ކުރުމަށްޓަކައި ދިމާވާ ދަތިތަކާއި ކުރިމަތިވާ ގޮންޖެހުންތަކެވެ. އަދި ބައެއް ބޭފުޅުން ފާހަގަ ކުރެއްވީ ރައީސުލްޖުމްހުރިއްޔާގެ މަސައްކަތްތަކާއި އެއް ސްޕީޑެއްގައި ވަޒީރުން މަސައްކަތް ކުރަންވާތީ ނުފެންކަމުގައެވެ. މާލީ އެހީތެރިކަން ފުދޭ މިންވަރަށް ނުލިބޭކަމާއި ލިބުމުގައި ދިމާޥާ ދަތިތަކާއި ބެހޭ ގޮތުން ކައުންސިލުންވަނީ ރައީސް އަދި ވަޒީރުންނާއި ގާތު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ކޮންފަރެންސްގެ ތެރެއިން ޕެލްގައި ރައީސް އަދި ވަޒީރުން
ފޮޓޯ: ރައީސް އޮފީސް

އަދި އިތުރަށް ބައެއް ކައުންސިލްތަކުން ވަނީ ސަރުކާރުން ފަހަތު ފަޔަށް ބުރަވާކަމަށާއި އެއް ރަށް އަނެއް ރަށާއި ފަރަގު ކުރުން ގެންގުޅޭކަމަށް ބުނެ މިކަންތައްތައް ނައްތާލާ ހުރިހާ ރަށްތަކަކަށްވެސް ލާމަރުކަޒީ ގާނޫނު އެއް ހަމައަކުން ތަންފީޒުކުރުމަށް އެދި ވާހަކަ ދައްކަވާފައެވެ.

ރައީސް ވިދާޅުވީ މިފަދަ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި މަސައްކަތް ކުރާއިރު ސަރުކާރުންވެސް އިސްލާހު ކުރަންޖެހޭ ކަންތައްތައް އެބަހުރިކަމަށެވެ. އަދި ހަމަ އެގޮތަށް ކައުންސިލްތަކުން އިސްލާހުކުރަނެޖެހޭ ކަންތައްތައްވެސް އެބަ ހުރިކަމަށާއި ބޭއްވިގެންދިޔަ ކޮންފަރެންސްގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރާއި ކައުންސިލްތައް އެއް މޭޒުވެގެން މަޝްވަރާ ކޮށް ހައްލު ހޯދޭނެ ގޮތެއް ހޯދުންކަމަށް ވިދާޅުވިއެވެ.

ގައުމުގެ ސިޔާސަތުގައި ތަރައްގީގެ އެންމެހައި ކަންތައްތައް ގޮސް ގުޅެނީ ލާމަރުކަޒީ ގާނޫނަށްކަމުގައި ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ފެންވަރު ރަނގަޅޫ ތައުލީމާއި މަލްޓި ޕާޕަސް ހޯލާއި އަދި ސެޓަލައިޓް ސުކޫލްގެ އިތުރުން ތާޝަރީ ފެންވަރުގެ ސިއްހީ ވަރުވާ އާއި ރަށުގެ ބަދަރާއި އަދި އަޑީގައި ވަޅުލައި ނަރުދަމާއާއި ކަރަންޓް ކޭބަލްކަމުގައިވިޔަސް އެ ގުޅޭނީ ލާމަރުކަޒީ ގާނޫނާއިކަމަށެވެ.

ހިންގޭ މަޝްރޫއުތަކާއިއެކު ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ތެރެއިން ރަށްރަށުގައި ވީހާވެސް ގިނަ ވަޒީފާގެ ފުރުސަތުތަށް އުފެދުމަކީ މުހިންމު އަމާޒެއްކަމުގައި ރައީސް ހާމަކުރެއްވިއެވެ. އަދި ކުދި ވިޔަފާރތައް ގިނަވެ ކުރާނެ މަސައްކަތް އުފެދޭނެ މަސައްކަތް ހޯދޭނެ މާހައުލެއް ހޯދުމަކީ ލާމަރުކަޒުވުމުގެ ސަބަބެއްކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރަށް މި ކޮންފަރެންސްގެ ތެރެއިން ވަނީ ބިނާވެށި ޕްލޭން އެކުލަވާލުމާއި ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ. އަދި ހަވާސާއިން ބޭރުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން އެދެވޭ ގޮތެއްގައި ފޯރު ކޮށްދިނުމަށްޓަކައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ހިންގާ “އިބަމަ” އާއި ބެހޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރެވިފައެވެ. “އިބަމަ” އަކީ ކޮބައިކަމާއި އިބަމަ ކުރިއަށްދާ ގޮތުގެ ތަފްސީލާއި އަދި ގެނައުމަށް ބޭނުންވާ އިސްލާހުތަކާއި ބެހެގޮތުންވެސް ހެދުނުން އިރުއޮއްސުމާއި ހަމައަށް ގެންދިޔަ މި ކޮންފަރެންސްގައި މަޝްވަރާ ކުރެވިގެންދިޔައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: