ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީއިން ހުޅުމާލޭގައި 345 ޑަސްބިން ބަހައްޓަނީ!

ހިޔާ ސަރަހައްދަށް އަޅާފައި ހުރި ކުނިތަކެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރީސައިކަލް ކުރާފަދަ ކުނިތައް ވަކިން އެޅޭނެފަދައިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޑަސްބިންތައް ބެހެއްޓުމުގެ އަމަލީ މަސައްކަތްތައް އެޗްޑީސީއިން ފަށައިފިއެވެ.

މި މަޝްރޫޢގެ ދަށުން ހުޅުމާލޭގައި 345 ޑަސްބިން ބެހެއްޓުމަށްވަނީ ހަމަޖެހިފައިއެވެ. މި ޑަސްބިންތައް ބެހެއްޓުމަށް ކަނޑައެޅިފައިވަނީ ހުޅުމާލެ 3 ފިއަވައްސަކަށް ބަހައިގެންނެވެ. އެހެންކަމުން ފުރަތަމަ ފިއަވަހީގައި 41 ދަސްބިން ބެހެއްޓުމަށް ހަމަޖެހިފައިވާ އިރު، ދެވަނަ ފިއަވަހީގައި 108 ޑަސްބިންވަނީ ބެހެއްޓުމަށް ހަމަޖެހިފައިއެވެ. އަދި ތިންވަނަ ފިއަވަހީގައި 196 ޑަސްބިން ބެހެއްޓުމަށްވަނީ ނިންމާފައިއެވެ.

އެޗްޑީސީއިން އިސްނަގައިން ކުރިއަށްގެންދާ މިމަޝްރޫޢގެ ބޭނުމަކީ އާބާދީ ބޮޑުވަމުންދާ ހުޅުމާލޭގައި އިތުރުވަމުންދާ ކުނީގެ މައްސަލަ ހައްލުކުރުމެވެ. މި މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެޗްޑީސީއިންދަނީ ކަމާއިބެހޭ ފަރާތްތަކާއި އެކު މަސައްކަތްކުރަމުންނެވެ.

ރާއްޖޭގެ މައި ރަށް މާލެ ސިޓީއާއި އެއްފަދައިން ހުޅުމާލޭގައިވެސް ގޭގޭގައި އުފެދޭ ދުވަހު ކުނި ނައްތާލުމުގެ ހިދުމަތްދެނީ ވެމްކޯއިންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: