ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނި މެނޭޖް ކުރުމާއި ބެހޭ ބިލު މަޖިލީހަށް!

ކޮމަންޑޫ ދާއިރާ ގެ މެމްބަރު މުހައްމަދު ރާޝިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުނި މެނޭޖް ކުރުމާއި ބެހޭ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ބިލް ހުށައަޅުއްވައިދެއްވަމުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ވިދާޅުވީ ކުނި މެނޭޖް ކުރުމުގެ ބިލަކީ ދިވެހި ރާއްޖޭގެ ކުނި މެނޭޖްކޮށް އެކަންކަމުގެ މިންގަނޑުތަކާއި އިޖްރާއަތު ތައް ކަނޑައެޅުމުގެ ގާނޫނަކީ މުހިއްމު ގާނޫނެއް ކަމުގައެވެ.

ބިލު، ގާނޫނަކަށް ވެގެން ދިއުމާއެކު ކުނީގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ބާރުއެޅިގެން ދިއުމާއި އެކު، ކުނި އުފެއްދުން ހުއްޓުވުމަށް ބާރުއެޅުމާއި ކުނި އުފައްދާ މިންވަރު މަދުކުރުމާއި އުކާލެވޭ ކުނި އަލުން ބޭނުން ކުރުމާއި ކުނިން ބޭނުންތެރި މާއްދާ ތައް އިއާދަކުރުމަށް ބާރުއެޅިގެންދާނެއެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުނި މެނޭޖް ކުރުމުގެ އެކަށީގެންވާ ރަނގަޅު އަދި ތިމާވެއްޓަށް އެންމެ ގެއްލުންކުޑަ ހިންގައި ބެލެހެއްޓުމަށް ކުނި މެނޭޖްކުރުމާއި ބެހޭ ގާނޫނުން ލާޒިމް ކުރާނެއެވެ.

މީގެ އިތުރުން ދިވެހި ރާއްޖޭގެ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި  ފަޅު ރަށްތަކާއި އެނޫނަސް މީހުން ދިރިނޫޅޭ ރަށްތަކުގައި އެރަށަކާ އެކަށީގެންވާ ފެންވަރުގެ ތިމާވެއްޓަށް ވީހާވެސް ގެއްލުން ކުޑަ ކުނި މެނޭޖް ކުރުމުގެ ނިޒާމެއް ގާއިމްކުރުން ލާޒިމްކުރެވިގެން ދާނެއެވެ.

އަދި ރަށުފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރެވޭ ކުނި މެނޭޖްކުރުމަށް އެކަށީގެންވާ ސަރަހައްދީ ސެންޓަރުތަކެއް ކުނި މެނޭޖް ކުރުމަށް ގާއިމްކޮށް އެނިޒާމް ހަރުދަނާ ގޮތެއްގައި ހިންގަން ޖެހޭ ކަމުގައި ރާޝިދު ވިދާޅުވިއެވެ.

އާންމު ބޭނުންތަކުގެ ހިދުމަތްތަކުގެ ގޮތުގައި އެހިދުމަތް ދޭ ފަރާތް ތަކުގެ ޒިންމާ ތަކާއި މަސްއޫލިއްޔަތު ތައް ކުންޏާއިބެހޭ ބިލުގައި ހިމެނިފައިވާނެއެވެ.

އަދި ކުނި މެނޭޖް ކުރުމުގެ ހިދުމަތުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެގާނޫނުގެ ދަށުން މަޖުބޫރުވެގެންދާނެއެވެ.

ކުނި މެނޭޖް ކުރުމުގެ ނިޒާމް ހިންގުމުގައި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރުމާއި އެކު ކުނި މެނޭޖް ކުރުމުގައި ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑަށް އިތުރުކުރަން ޖެހެއެވެ. ކުނި މެނޭޖް ކުރުމުގެ ހުރިހާ މަރުހަލާއެއްގައި ކުނި އުފައްދާ ހުރިހާ ފަރާތްތަކެއްގެ ޒިންމާ ކަނޑައަޅައި އެފަރާތްތައް ޒިންމާދާރު ކުރުވަން ޖެހެއެވެ.

ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ ކުނި އުފެއްދުމާއި މެނޭޖްކުރުމާއި ބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކުން ލާޒިމްކުރާ ކަންކަން ތަންފީޒުކުރެވޭނެ ނިޒާމެއް ގާއިމްކުރަންޖެހެއެވެ.

ކުނި މެނޭޖް ކުރުމުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް އެކަމަށް އެކަށޭނެ އަގުތައް ކަނޑައެޅުމުގެ ނިޒާމެއް ކުންޏާއި ބެހޭ ބިލުން ހާސިލް ވެގެން ދާނެއެވެ.

ކުނި މެނޭޖްކުރުމާއި  ބެހޭ ގާނޫނު ފާސްކުރެވުމާއެކު ގާނޫނު ހިނގާނެ ދާއިރާތައް ކަނޑައެޅިގެން ދިއުމާއެކު ކުނި މެނޭޖްކުރުމުގައި އިސްކަންދޭ ތަރުތީބާއި ކުނި މެނޭޖްކުރުމުގެ ދަރަޖަތައް ކަނޑައެޅުމާއެކު ކުނި މެނޭޖްކުރުމުގެ ގަވާއިދުތައް ހަދަންޖެހޭނެއެވެ.

އެހެންކަމުން ގާނޫނު ތަންފީޒު ކުރާނެ ފަރާތްތައް ކަނޑައެޅުމާއެކު ކުނި މެނޭޖް ކުރުމުގެ ގައުމީ ޕްލޭނާއި ލަނޑުދަނޑިތައް އެކުލަވާލާއި އާންމު ކޮށް އެކަންކަން ހާސިލްކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭނެއެވެ. ކުނި މެނޭޖްކުރާ ފަރާތްތަކަށް އެފަރާތްތަކުގެ ޒިންމާއާއި ހިދުމަތަށް އަގު ނެގޭނެ އުސޫލުތަކާއި ހިދުމަތްދޭނެ ފަރާތްތަކާއި ހިދުމަތްދިނުމުގައި ކުނި މެނޭޖްކުރުމާއި ބެހޭ ގާނޫނާއި ހިލާފުވާ ފަރާތްތަކަށް ދޭނެ ކުށުގެ އަދަބުތަކާއި ފިޔަވަޅުތައް އެކަށައެޅިގެންދާނެއެވެ.

ކުނި މެނޭޖް ކުރުމުގެ މައްސަލައަކީ ދިވެހި ގައުމަށާއި މުޅި ދުނިޔެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. ހާއްސަގޮތެއްގައި މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގައި އޮތް އެއް ކަންބޮޑުވުމަކީ ކުނި މެނޭޖްކުރުމުގެ މައްސަލައިގެ ސަބަބުން ދިމާވާ އެންމެހައި ކަންތައްތަކެވެ.

ކުނި މެނޭޖްކުރުމަކީ ކައުންސިލްތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ކުނި ގޮނޑަކީ ނުވަތަ އަހަރުމެން ކުނި އަޅާ ތަނަކީ ރަށުގެ މަގުތަކާއި މީހުން ދިރިއުޅޭ ގެތަކާއި ސަރުކާރުގެ އިދާރާތައް ފިޔަވައި ދެންހުރި ހުރިހާ ތަނަކީ ކުނި ގޮނޑުތަކެވެ.

“ދިވެހި ރާއްޖޭގައި ފާއިތުވެ ދިޔަ އެއްވެސް ސަރުކާރަކުން ކުނި މެނޭޖް ކުރުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާ ތަނެއް ހަގީގަތުގައި  އަޅުގަނޑުމެންނަށް ފެންނާކަށް ނެތް. ހާއްސަ ގޮތެއްގައި ރައީސް ޔާމީންގެ ވެރިކަމުގައި ކުނި މެނޭޖްކުރުމުގެ ކަންތައްތަކުގައި އަޅުގަނޑުމެންނަށް އެއްބާރުލުން ދިނުމަށް ދެންނެވުމުން އެކަމަށް ވަނީ ވަރަށް ބޮޑަށް ގޮންޖައްސަވާފައި.” މުހައްމަދު ރާޝިދު

ކުނި މެނޭޖް ކުރުމުގެ ކަންކަން ވަނީ ވަރަށް ގާތުން ދެކެފައިކަމުގައި ރާޝިދު ވިދާޅުވިއެވެ. ކުނިގޮނޑުތައް ފުރި ބާރުވީމާ އެތަނުގައި ރޯކޮށްލާ ކަމަށާއި އެކަމުގެ ސަބަބުން އެތައް ބައިވަރު ރައްޔިތުންގެ މުދަލަށް ދަނީ  ބޮޑެތި ގެއްލުންތައް ވަމުން ކަމުގައި ރާޝިދު ވިދާޅުވިއެވެ.

އެމައްސަލަ ހައްލުކުރުމަށް ފޯކައިދޫގައި 2015 ވަނަ އަހަރު ކުރެވުނު މަސައްކަތުން އެކަށީގެން ނުވިނަމަވެސް ކުނި މެނޭޖް ކުރުމުގެ މަސައްކަތް ފެށިގެން ދިޔަކަމަށް ރާޝިދު ހާމަ ކުރެއްވިއެވެ. އެކަމުގެ ސަބަބުން ދަނޑު ބިންތައް ރަށުގައި އިތުރުވެ ދަނޑުވެރިކަމުގެ މަންފާ 200 ޕަސެންޓަށް އިތުރުވެގެން ދިޔަ ކަމުގައި ރާޝިދު ވިދާޅުވިއެވެ.

ރަށުގައި ބަލިމަޑުކަމާއި ޑެންގޫ ހުން ފެތުރުން ބޮޑުތަނުން ކުނި މެނޭޖް ކުރުމުގެ ސަބަބުން ކުޑަވެގެން ދިޔަ ކަން ރާޝިދު ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: