ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސްކޫލް ތަކުގައި ޓީބީ ސްކްރީން ޕްރޮގްރާމެއް ކުރިއަށް!

ޓީޗަރުންގެ އެސޯސިއޭޝަނުން އެޑިއުކޭޝަން މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެޗްޕީއޭ އާއި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މާލޭގެ ސްކޫލްތަކަށް އަމާޒުކޮށް  ޓިއުބަރ ކްލޯސިސް  (ޓީބީ) އެލިމިނޭޝަންގެ ނަމުގައި ކުރިއަށްގެންދާ  ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދަން ފަށައިފިއެވެ.

އެކަން ހާމަ ކުރައްވައި އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ނޫސް ބަޔާނެއްގައިވާ ގޮތުން އެ ޕްރޮގްރާމަކީ ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި އެގޮތުން މިއަހަރުވެސް ސްކޫލްތަކުގައި ޓީބީ އަށް ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަން ހާމަ ކުރައްވާފައިވެއެވެ.

ޓީބީ އަކީ ރާއްޖެއިން ފެނިފައިވާ ގައިން ގަޔަށް އަރާ ބަލި ތަކުގެ ތެރޭގައި ހިމެނޭ ބައްޔަކަށް ވީހިނދު އެކި އުމުރުފުރައިގެ ސްކޫލް ދަރިވަރުން މަދުން ނަމަވެސް އެ ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި އެފަދަ ކޭސްތަކުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އަބަދުވެސް އަމަލު ކުރަމުން ގެންދަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިން ތަކާއި އެއްގޮތަށް ކަމުގައި އެޑިއުކޭޝަނުން މައުލޫމާތު ދީފައިވެއެވެ.

ޓީބީ ސްކްރީނިންގ ޕްރޮގްރާމާއި ގުޅިގެން ރާއްޖޭގެ ސްކޫލްތަކުގައި ޓީބީ ބަލި ފެތުރެމުންދާ ކަމަށް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރެއް ކަމަށާއި އެފަދަ ވާހަކަތައް ނުފެތުރުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަބަދުވެސް މިނިސްޓްރީ އިން އެންމެ ބޮޑު އިސްކަމެއްދޭނެ ކަން ކަމުގައި އެންމެހާ ފަރާތްތަކަށް ޔަގީންކޮށް އަރުވާ ކަމުގައި އެޑިއުކޭޝަންގެ ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: