ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯ އިން މަސްދަޅު ކޭސް ވިއްކާ އަގު ބޮޑުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މިފްކޯ) އިން ވިއްކާ މަސްދަޅުގެ އަގުބޮޑުކޮށްފިއެވެ.

މިފްކޯއިން ބުނީ މަސްދަޅު ތައްޔާރުކުރުމަށް ބޭނުންކުރާ ތަކެތީގެ އަގު ބޮޑުވުމާ ގުޅިގެން މިހާރު މަސްދަޅު ކޭހަކުން 150 ރުފިޔާ ބޮޑުކޮށްފައިވާ ކަމަށެވެ.

މަސްދަޅުގެ އަގަށް ގެނެވުނު ބަދަލާއެކު ތެޔޮ މަސްދަޅު ކޭހެއްގެ އަގު މިހާރު ވަނީ 590 ރުފިޔާ އިން 740 ރުފިޔާ އަށް ބޮޑުވެފައެވެ. އަދި ކުރިން 565 ރުފިޔާ އަށް ވިއްކި ފެން މަސްދަޅު ކޭހެއްގެ އަގުވަނީ 715 ރުފިޔާ އަށް ބޮޑުކޮށްފައެވެ.

ވަކިން ތެޔޮ މަސްދަޅު ލިބެނީ 15ރ. އަށެވެ. އަދި ތެޔޮ މަސްދަޅެއް ލިބެނީ 12ރ. އަށެވެ. އަލަށް ގެނައި ބަދަލާ އެކު ތެޔޮ މަސްދަޅެއް ލިބޭނީ 18ރ. އަށެވެ. އަދި ފެން މަސްދަޅެއް ލިބޭނީ 17ރ. އަށެވެ.

މީގެ އިތުރުން ވެސް މިފްކޯ އިން ވިއްކާ އެކި ސައިޒުގެ މަސްދަޅުގެ އަގު ވަނީ ބޮޑުކޮށްފައެވެ.

މިފްކޯއިން މަސްދަޅުގެ އަގު ބޮޑުކުރިއިރު ރާއްޖޭގައި މަސްބަންދުކުރާ އެހެނިހެން ކުންފުނިތަކުންވެސް ވަނީ މަސްދަޅުގެ އަގު ބޮޑުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: