މާލެ ސިޓީ ކައުންސިލްގެ އެންވަޔަރަމަންޓް ކޮމިޓީއެއް އުފައްދައިފިއެެވެ.
މި ކޮމިޓީ އުފައްދާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 54 ވަނަ ރަސްމީ ޖަލްސާގައެވެ.
މި ކޮމިޓީގެ މުގައްރިރަކަށް ހަމަޖައްސާފައިވަނީ ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރު މަރިޔަމް ނާޒިމާއެވެ. އަދި ނައިބު މުގައްރިރަަކަށް ހަމަޖައްސާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހުއެވެ.
މި ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ހިނެނެނީ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާނާއި ޑެޕިއުޓީ މޭޔަރު އަދި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝްގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރެވެ.
މިކޮމިޓީ އަކީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ސްޓްރެޖެޓިކް އެކްޝަން ޕްލޭންގައި ހުރި ތިމާވެއްޓާއި ގުޅުންހުރި ކަންކަން ކުރިއަށްވުރެ ބާރަށް ގެންދިއުމުގައި އުފެއްދި ކޮމިޓީއެކެވެ.

