ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިރިމީހާ މަރާލުމަށް ފަހު ތަން ސާފު ކުރުމަށް ނަޒާހާ މަސައްކަތް ކުރި: ދައުލަތް

ސުޕްރީމް ކޯޓުގައި ކުރިޔަށް ގެންދިޔަ ނަޒާހާގެ ޝަރީއަތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މއ. އެދުރުގޭ ހަސަން ޝާހިދު މަރާލި މައްސަލައިގައި ހ ބައިކެނޑިގޭ މަރިޔަމް ނަޒާހާގެ މައްޗަށް އިއްވާފައިވާ އުމުރުދުވަހުގެ ޖަލުހުކުމުގެ އިލްތިމާސް އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށްގެންގޮސްފި އެވެ.

މިއަދު ކުރައަށްގެންދިޔަ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ވަނީ ނަޒާހާގެ ބަޔާނާއި މެސެޖްތަކެއް ހިމެނޭ ތިން ސީޑީއެއް ހުށައަޅާފައެވެ. އެހެން ނަމަވެސް އިލްތިމާސްގެ މި މަރުހަލާގައި އެތަކެތި ހެކީގެ ގޮތުގައި ހުށައަޅަން ފުރުސަތު ދީގެން ނުވާނެ ކަމަށް ނަޒާހާގެ ވަކީލު މަރިޔަމް ނިހާޔަތު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ދައުލަތުގެ ވަކީލް ވިދާޅުވީ އެތަކެތި ހުށައެލީ ނަޒާހާ އާއި ޝާހިދުގެ ދެމެދުގައި އޮތް ގުޅުން ރަނގަޅުކަން ފާހަގަކޮށްދިނުމަށް ކަމުގައެވެ.

އެގޮތުން ދަރިފުޅާއެކު ނަޒާހާ ތަންތަނަށް ގެންގޮސް އޭނާ ބޭނުންވާ ތަކެތި ގަނެދިނުމަށް އެދެމުން ދިޔަކަމަށާއި ހަގީގަތުގައި ދެމީހުންގެ ދެމެދުގައި ޖެހުނީ ދަރިފުޅުގެ މައްސަލައެއް ކަމަށް ދައުލަތުން ފާހަގަކުރެއްވިއެވެ.

ނަޒާހާގެ ފަރާތުން ނަގާފައިވާ އަމިއްލަ ނަފްސުު ގެވެށި އަނިޔާގެ ޝިކާރައަަކަށް ވެފައިވާ ކަމުގެ ދިފާއުގައި ދައުލަތުން މިއަދު ވަނީ ދެކޮޅު ހަދާފައެވެ.

އެގޮތުން އެކަން ނަފާިކުރުމުގެ ގޮތން ދައުލަތުގެ ވަކީލް މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ މައްސަލައިގައި ހެކިބަސް ދީފައިވާ މީހުންގެ ހެކިބަހުންވެސް ނަޒާހާއަކީ ހިތްހަމަނުޖެހޭ ފަހަރުތަކުގައި ސްކޫލްދައުރުން ފެށިގެންވެސް ކަޓަރު އެޅުން ފަދަ އަމިއްލަ ނަފްސަށް އަނިޔާދޭ މީހެއްކަން އެނގޭ ކަމުގައެވެ.

އޭގެ އިތުރުން ނަޒާހާގެ ނިޔަތަކީ ޝާހިދު މަރާލުން ނޫންކަމަށް ބުނެ ނަގާފައިވާ ދިފާއަށްވެސް ދައުލަތުން މިއަދު ރައްދުދީފައިވެއެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ނަޒާހާ ވަނީ ކްރައިމް ސީން ސާފުކުރުމަށް މަސައްކަތް ކޮށްފައިކަމަށެވެ.

ޝާހިދަށް ހަމަލާދިންކަން ނަޒާހާ ފުލުހުންނަށް އެންގީ ކްރައިމް ސީން ނައްތާލުމަށް މަސައްކަތް ކުރުމަށްފަހުގައި ކަމަށް ދައުަލަތުގެ ވަކީލް ވިދާޅުވިއެވެ.

ދައުލަތުން ބުނީ ފުލުހުން ދިޔައިރު ވަޅިވެސް އޮތީ ކޮތަޅަކަށް ލާފައިކަމަށއި ލޭހޭކިފައި ހުރި ބެޑްޝީޓެއް ކޮތަޅަކަށް ލާފައި އޮއްވާ ފެނިގެން އެކަމާއި ގުޅިގެން ސުވާލު ކުރުމުުން އެއީ އޭނާގެ ހަށިގަނޑުން ހޭކުނު ލޭކަމަށް ނަޒާހާ ބުނެފައިވާކަމަށެވެ.

ނަމަވެސް ޑީއެންއޭ ރިޕޯޓުން އެގުނު ގޮތުގައި ބެޑްޝީޓްގައި ވަނީ ޝާހިދުގެ ލޭ ކަމަށާއި އެކަމުންވެސް ނަޒާހާގެ ނުނިޔަތެއް އޮތްކަން ސާފުވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ނަޒާހާގެ ފަރާތުން ދިފާއުގައި ވަކީލު ނިހާޔަތު ވިދާޅުވީ ނަޒާހާ ޝާހިދަށް ހަމަލާދިނީ ފެށުނީއްސުރެ ޝާހިދުގެ ފަރާތުން އޭނާއަށް ލިބެމުން ދިޔަ ގެވެށި އަނިޔާ އާއި ޖިންސީ އަނިޔާތަކުގެ ސަބަބުން ކަމަށާއި އެއީ ގަސްދުގައި ޝާހިދު މަރާލުމަށް ދިން ހަމަލާއެއް ނޫން ކަމަށެވެ.

އެގޮތުން ވަޅިއަކުން ޝާހިދަށް ނަޒާހާއަށް ހަމަލާ ދެވުމީ ބޭއިހްތިޔާރުގައި ކަމަށް ނަޒާހާގެ ވަކީލް ވިދާޅުވިއެވެ. ދައުލަތުން މައްސަލައިގައި ވަކި ކަންތައްތަކެއް ދޭހަ ކޮށްގެން ޝަރީއަތްކިޔައިދޭން މަސައްކަތް ނުކުރާތީ ނަޒާހާގެ ވަކީލް ނިހާޔަތު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ދަށުކޯޓް މަރުހަލާގައި ނުދައްކާ އައުވާހަކަ ތަކެއް ދައްކައި އައު ހެކިތަކެއް ސުޕްރީމްކޯޓް މަރުހަލާގައި ދެވިގެން ނުވާނެ ކަމުގައި މިއަދުގެ އަޑުއެހުމުގައި ނިހާޔަތު ފާހަގަކުރެއްވިއެވެ.

އެކަމާއި ގުޅިގެން  އުއްތަމަ ފަނޑިޔާރު ވިދާޅުވީ މައްސަލައިގައި ހުށައަޅާފައިވާ ތަކެތި ބަލައިގަތުމާއިމެދު ފަނޑިޔާރުން ގޮތެއް ނިންމަވާނެ ކަމުގައެވެ.

އަދި ޝާހިދުގެ ބުރަކައްޓަށް ހަމަލާދިން އިރު އޭގެ ނަތީޖާ އަކީ ކޮބައިކަން އިނގޭތޯ އާއި ހަމަލާދިނީ ހަމައެކަނި ބުރަކަށްކަން އެނގޭތޯ އުއްތަމަ ފަނޑިޔާރު ނަޒާހާ އާ ސުވާލުކުރެއްވިއެވެ.

އެސުވާލުގެ ޖަވާބުގައި ނަޒާހާ ބުނީ ހަމަލާ ދެވުނު ތަނެއް ފުރަތަމަ ނޭނގޭ ކަމަށާއި އޭނާ މަސައްކަތް ކުރީ އަވަހަށް އެތަނުން ދިއުމަށް ކަމަށެވެ. ނަޒާހާގެ ވަކީލު ނިހާޔަތު ވިދާޅުވީ އަނިޔާއެއް ދިނުމުން އަނިޔާވުމަކީ އޭގެ ނަތީޖާަކަން އެންމެންނަށް ވެސް އެނގޭނެ ކަމަށާއި ނަމަވެސް ނަޒާހާ ހަމަލާދިނީ ވަކި ނަތީޖާއެއް ނެރެންނޫން ކަމަށެވެ.

ދައުލަތުން މިއަދު ވަނީ ނަޒާހާގެ މައްޗަށް އިއްވާފައިވާ އުމުރުދުވަހުގެ ޖަލުހުކުމް އިއްވާފައިވަނި ރަނގަޅަށް ކަމަށާއި އެ ހުކުމް ދެމެހެއްޓުމަށް ސުޕްރީމް ކޯޓުގައި އެދިފައެވެ. ނަމަވެސް ނަޒާހާގެ ފަރާތުންވަނީ އޭނާ ފާހަގަކރުި ދިފާއުތަަށް ރިއާޔަތްކޮށް އޭނާއަށް އާ ގާނޫނުލްއުގޫބާތުގެ ދަށުން ލުއި އަދަބެއް ލިބެން ޖެހޭނެކަންފާހަގަކޮށް މިހާރުކޮށްފައިވާ ހުކުމް ބާތިލްކޮށްދޭން އެދިފައެވެ.

މި މައްސަލައިގައި ދެން އޮންނާނީ ހުލާސާއެއްގެ ގޮތުގައި ދެފަރާތުން ވާހަކަދެއްކުމެވެ. މި މައްސަލައިގެ އަޑުއެހުންތައް ދެން އޮންނަ އަޑުއެހުމެއްގައި ނިންމާލެވޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

2010 ވަނަ އަހަރުގެ ޖޫމް މަހުގައި ޝާހިދު މަރުވީ އޭނާގެ ބުރަކައްޓަށް ވަޅިއެއް ބޭނުންކޮށްގެން ނަޒާހާ ދިން ހަމަލާއެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށެވެ.

އެމައްސަލައިގައި ދައުލަތުން ނަޒާހާގެ މައްޗަށް މީހަކު ގަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާ އުފުލިއެވެ. އެ ދައުވާ ސާބިތުވެ ނަޒާހާ 25 އަހަރަށް ޖަލަށް ލުމަށް ދަށު ކޯޓުން ހުކުމް ކުރީ 2011 ވަނަ އަހަރުއެވެ.

ނަޒާހާގެ މައްޗަށް މަރުގެ ކުށް ސާބިތުވި ނަމަވެސް އޭނާގެ މައްޗަށް ދަށު ކޯޓުން މަރުގެ ހުކުމް އިއްވާފައި ނުވަނީ ޝާހިދުގެ ވާރިސުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން އެންމެން އެކަމަށް އިއުތިރާޒު ކުރުމުންނެވެ.

އެމީހުން ބުނެފައިވަނީ މަރަށް މަރުހިފުމާއި މަރުގެ ދިޔަ ވެސް ނަޒާހާގެ ފަރާތުން ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން ތައުޒީރީ އަދަބެއްގެ ގޮތުން އޭނާގެ މައްޗަށް އިއްވާފައިވަނީ 25 އަހަރުގެ ޖަލު ހުކުމުކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: