ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުކަމުން ހަމީދު ވަކިކުރުން އަންނަ ހޯމަ ދުވަހަށް، އެމްޑީޕީގެ ތްރީލައިން ވިޕެއް!

ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓުގެ ފަނޑިޔާރުކަމުން އަބްދުﷲ ހަމީދު ވަކި ކުރުމަށް އަންނަ ހޯމަ ދުވަހަށް އެޖެންޑާކޮށްފައި ވަނިކޮށް، އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި އެވެ.

އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކި ކުރުމަށް ފެންނަކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ އިއްތިފާގުން ފާސް ކުރި ނަމަވެސް ވޯޓުގައި ބައިވެރިވީ 35 މެމްބަރުންނެވެ. 65 މެމްބަރުންގެ ސުޕަ މެޖޯރިޓީއެއް އޮންނަ އެމްޑީޕީގެ ތެރެއިން ހަމީދު ވަކި ކުރުމަށް ވޯޓު ދިނީ 29 މެމްބަރުންނެވެ.

މި މައްސަލައިގައި މި ހަފްތާއަށް ވޯޓަށް އަހަން އޮތް ނަމަވެސް، މައްސަލައިގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމީ ފުރިހަމަ ކުރަން ޖެހޭ ބައެއް އިޖުރާއަތްތައް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީީ) އިން ފުރިހަމަކޮށްފައި ނުވާކަމަށެވެ. ނަމަވެސް ކޮމިޓީގައި ދެކެވުނު ވާހަކަތައް، ދޮގުކޮށް ޖޭއެސްސީން ބަޔާނެއް ވެސް އާއްމު ކުރި އެވެ.

ފަނޑިޔާރު ހަމީދާއި އެކު، ޖޭއެސްސީން މަޖިލީހަށް ފޮނުވި ނަންތަކުގެ ތެރޭގައި ހައިކޯޓުގައި ގިނަ ދުވަސްތަކެއް ވަންދެން ފަނޑިޔާރުކަން ކުރެއްވި އަބްދުއްރައޫފް ވެސް ހިމެނެ އެވެ. މައްސަލަ މަޖިލީހަށް ފޮނުވުމުން އޭނާ އިސްތިއުފާ ދެއްވީ އެވެ.

މީގެއިތުރުން ލިސްޓުގައި ނަން ހިމެނި ސުލޫކީ މައްސަލަ ބަލަމުން ދަނިކޮށް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި އަލީ ސަމީރު ދާދިފަހުން ޑެޕިއުޓީ ޕްރޮސެކިއުޓާރ ޖެނެރަލްގެ މަގާމަށް ވަނީ އައްޔަނުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: