ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައްހަ ނޫން ފޯމެއް އޮވެގެން، ޕާޓީތައް ޖޫރިމަނާކުރާ މައްސަލަ ބަލައިނުގަންނަން: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ސައްހަ ނޫން ފޯމުތައް ހުށައެޅިދިއުން ހުއްޓުމަކަށް ގެނައުމުގެ މަގުސަދުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ޖޫރިމަނާގެ އުސޫލުތައް އިދިކޮޅުން ބަލައި ނުގަންނަކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބަށް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވާ ޝުޖާއުވަނީ ހަބީބު ”މޮޔަފުޅުވީތޯ“ ސުވާލުކުރައްވާފައިއެވެ. އަދި ޕީޕީއެމްގެ ދަފްތަރުން ކޮށްފައިވާ ވައްކަންތައް ކޮބައިތޯ ސުވާލުކުރަށްވާ ޝުޖާއު ވިދާޅުވީ، ޕީޕީއެމްގެ މެމްބަރުން އެހެން ޕާޓީތަކުގެ ދަފްތަރުގައި ނަހަމަ ގޮތުގައި ރެޖިސްޓަރ ކޮށްފައިވާކަން ހަބީބަށް އެނގިލައްވާނެކަމަށެވެ. އެހެންކަމުން އަލަށް އަމަލު ކުރަން ފަށައިފައިވާ އިލެކްޝަންސް ކޮމިޝަންގެ އުސޫލުތައް އިދިކޮޅު ކޯލިޝަންއިން ބަލައި ނުގަންނަ ކަމަށާއި، މިކަމަށް ހަބީބު ޖަވާބުދާރީވާން ޖެހިވަޑައިގަންނަވާނެ ދުވަހެއް އަންނާނެ ކަމަށްވެސް ޝުޖާއު ފާހަގަކުރެށްވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހަބީބު ވަނީ މިއަދު ޓްވީޓެއް ކުރައްވާ އެ ކޮމިޝަނުން އަލައް އަމަލު ކުރަން ފަށައިފައިވާ ޖޫރިމަނާގެ އުސޫލުތައް އާއްމުކުރައްވާފައިއެވެ. އެހެންކަމުން ސައްހަ ނޫންކަމަށް ފާހަގަކުރެވި ސާބިތުވާ ފޯމަކަށް ހުށައެޅި ޕާޓީއެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވިގެންދާނެ ހިނދު، ރެޖިސްޓްރޭޝަން މަސައްކަތްކުރައްވާ ބޭފުޅުހުން ފުރަތަމަ ފަހަރު 5،000ރުފިޔާއިން ޖޫރިމަނާ ކުރުމަށް ފަހު އިތުރަށް މިފަދައިން ފާހަަގަކުރެވިގެންދާ ކޮންމެ ފަހަރަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އިލެކްޝަންސް ކޮމިޝަންއިންވަނީ ނިންމާފައިއެވެ. އަދި ސައްހަ ނޫން ފޯމުތައް ހުށައެޅުމުގެ މައްސަލައަށް ހައްލެ ފެނިގެން ނުގޮސްފިނަމަ، އޮކްޓޯބަރު މަހުން ފެށިގެން ފޯމުތަކުގައި ހެކިވެރިންނަށް ސޮއި ކުރާ ފަރާތްތައް ވަކި ވަކިން 5،000 ރުފިޔާއިން ކޮންމެ ފޯމަކަށް ޖޫރިމަނާ ކުރުމަށް ނިންމާފައިވާކަމަށް ވެސް ހަބީބުގެ ޓްވީޓުގައި ވެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވެފައިވާ އިރު، މީގެ ދުވަސްތަކެއް ކުރިން ޕީޕީއެމް އިންވަނީ އެމްޑީޕީ ދަފްތަރަށް ރެޖިސްޓަރ ކުރެވިފައިވާ އެ ޕާޓީގެ މެމްބަރެއް ޝަކުވާ ހުށައެޅި ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާއްމުކޮށްފައިކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން އެ ވީޑިއޯއިން ފޯމެއް ހިފައިން އިން އަންހެނެއް ފެނިގެންދިއަ އިރު، ފޯމުގައި ޖަހާފައިވާ އިންގިލީގެ ނިޝާނަކީވެސް އެމީހާގެ ނިޝާނެއް ނޫންކަމަށް ބުނެފައިވާކަން ފާހަގަކުރެވެެއެވެ. އަދި އެމީހާގެ އިތުރުން އާއިލީ އެތައް މެމްބަރެއްވެސް އެމްޑީޕީގެ ދަފްތަރުގައި ނަހަމަ ގޮތުގައި ޖައްސާފައިވާކަމަށް ވެސް އެ ވީޑިއޯގައި ބުނެފައިވެއެވެ. އަދި ދާދި ފަހުން އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރެއްވެސް އެމްއެންޕީގެ މެމްބަރެއް ކަމަށް ރެޖިސްޓްރީކޮށްފައިވާ މައްސަލައެއް ފެންމަތިވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: