ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުން ބުނީ ’އިންޑިއާ އައުޓް‘ ބެނާ ނައްތާލާފައި ނުވާނެކަމަށް!

ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި އިންޑިއާ އައުޓް ބެނާ ނެގުމަށް ފުލުހުން ހަރަކާތްތެރިވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އިންޑިއާގެ ނުފޫޒު ވަދެފައިވާކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅުގައި ހަރުކޮށްފައިވާ ބެނާއަށް އެއްވެސް ގެއްލުމެއް ދީފައި ނުވާނެކަމަށް ފުލުހުން ބުނެފި އެވެ.

އާއްމު މަސްލަހަތަށް ނުރައްކާވާކަމަށް ބުނެ ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައިވާ ބެނާ ނެގުމުގެ އަމުރަކަށް ފުލުހުން އެދުނީ ގޯސްކޮށްކަމަށް ހައިކޯޓުން ކަނޑައެޅީ މިދިޔަ އާދީއްތަ ދުވަހު އެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ދަމާފައި ހުރި ބެނާތައް ކޯޓު އަމުރުތަކުގެ ދަށުން އެގެތަކަށް ވަދެ ނަގަމުން ދާއިރު، ކޯޓު ހުކުމުގައި ވަނީ ބެނާ ހަރުކޮށްފައި ހުރީ ހ. ދޫވެހީގެ ބޭރުގައިކަމަށް ވުމުންނާއި، އެއީ ހަދަމުން ދިޔަ އެ އިމާރާތުގެ އެންމެ މަތީ ހުރި ދާގަނޑުން ހުރި ހޮޅިތަކެއްގައި އައްސާފައި ހުރި ބެނާއެއް ކަމަށެވެ. އެހެންކަމުން ކޯޓު އަމުރެއްގެ ދަށުން ގެއަށް ވަދެ އެ ބެނާ ނަގަން ޖެހޭ ސަބަބެއް ނެތްކަމަށް ހުކުމުގައި ވެއެވެ.

ހުކުމާއި އެކު ބެނާއާއި ހަވާލުވުމަށް އިދިކޮޅުން ފުލުސް އޮފީހަށް ދިއުމުން، އެ އިދާރާއިން އެންގީ އެ އިންތިޒާމުތައް ހަމަޖައްސާނީ އެހެން ޑިޕާޓްމަންޓަކުން ކަމަށެވެ. އެހެންވެ އިދިކޮޅުން ތުހުމަތު ކުރީ ފުލުހުން ބެނާ ނައްތާލާފައިވާކަމަށެވެ. 150،000 ރުފިޔާއަށް ވުރެ އަގުބޮޑުކަމަށް ބުނާ ބެނާއަށް އެއްވެސް ގެއްލުމެއް، ދީފައިވާނެތޯ ފުލުހުންނާއި ސުވާލު ކުރުމުން ބުނީ އެއީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.

ފުލުހުން ވިދާޅުވީ ބެނާތައް ނަައްތާލާފައި ނުވާނެކަމަށެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ބެނާތައް ފުލުހުން ނައްތާލާފައިވާކަމުގެ ތުހުމަތުތައް ކުރެވޭކަމަށެވެ. އެ ނޫން ސަބަބެއް ނެތްނަމަ، ބެނާތައް ވަގުތުން ހަވާލު ކުރީސްކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި ބެނާގެ އަގު 150،000 ރުފިޔާއަށް އަރާނެ ކަމަށެވެ. އަދި އެހެން ބެނާތަަކުގެ އަގު ވެސް 75،000 ރުފިޔާއަށް އަރާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: