ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކިން ސްޓިކާ ހުސްވެގެން ސްޓިކާ ޖެހުން ހުއްޓާލައިފި

ފުލުހުން ސައިކަލުގައި ސްޓިކާ ޖަހާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރެފިކް ބަލަހައްޓާ ފުލުހުން މަގުމަތީގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ޖެހުމަށް ގެންގުޅޭ ޕާކިންގ ވަޔަލޭޝަން ސްޓިކާ ފުލުހުން އަތުން ހުސްވެގެން ވަގުތީ ގޮތުން ސްޓިކާ ޖެހުން ހުއްޓާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އަތުން ސްޓިކާ ހުސްވެފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީއިން ފުލުހުންނަށް ސްޓިކާ ފޯރުކޮށްފީފައި ނުވާތީއެވެ.

އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއިން ފުލހުންނަށް ޕާކިންގ ވަޔަލޭޝަން ސްޓިކާ ފޯރުކޮށް ނުދޭތާ ވަނީ ހަތަރުވަރަކަށް މަސްވެފައެވެ.

އެއްގަމު އުޅަނދު ދުއްވުމަށް ލައިސަންސް ދޫކުރުމުގެ އައު ގަވާއިދުގައިވާ ގޮތުން ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުފަހަރުގައި ސްޓިކާ ޖަހާ ކޮންމެ ފަހަރަކު އެމީހާގެ ލައިސަންސް އިން ޕޮއިންޓް އުނިކުރާނެއެވެ.

މިގޮތަށް 100 ޕޮއިންޓްގެ ކްރެޑިޓް ހުސްވެއްޖެ ނަމަ އެ ލައިސަންސް ބާތިލު ވާނެ ކަމަށް އެގަވާއިދުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: