ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ ސިއްރު މައުލޫމާތުތައް ލީކުވެފައިވާއިރު ބީއެމްއެލް ހިމޭނުން!

ޝެއާރކޮށްލާ ކަހަލަދޯ؟

ފޯނުކޯލުތަކެއް ކޮށް ބަޔަކު މީހުން ބީއެމްއެލްގެ ކަސްޓަމަރެއްގެ އެކައުންޓުގައި ހުރި ފައިސާތަކެއް ވަގަށް ނަގާފައިވާކަމަށް ބުނާ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.

ބީއެމްއެލްގެ ކަސްޓަމަރެއް ސަންގުޓީވީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ފައިސާތައް ގެއްލިފައިވާކަން ފާހަގަކުރެވުނީ ކުންފުންޏެއްގެ ނަމުގައި އެ ފަރާތުގެ އާއިލީ މެމްބަރަކަށް ހަތަރުވަރަކަށް ފޯނުކޯލުކޮށް އޯޓީޕީއެއް ފޮނުވައިވާނެ ކަމަށާއި އެ ދިނުމަށް އެދުމަށް ފަހުކަމަށެވެ. ނަމަވެސް އޯޓީޕީ އެއް ދީފައިނުވާކަމަށް ބުނެ ވާހަކަދައްކަމުން މައުލޫމާތު ދިން ފަރާތުން ބުނީ، އެ ފޯން ކޯލް އައި ދުވަހުގެ ހަވީރު ބީއެމްއެލްގެ އެޕަށް ވަނުމަށް މަސައްކަތްކުރުމުން ނުވަދެވުނު ކަމަަށެވެ. އަދި ވަދެވުނު އިރު ފައިސާތައް ގެއްލިފައިވާކަން ފާހަގަކުރެވުމުން މައުލޫމާތު ސާފުކުރުމަށް ބޭންކަށް ދިއުމުން ބޭންކުން އެ މައުލޫމާތުތައް އިންޓަރނެޓު ބޭންކިން މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށް ބުނިކަމަށް އޭނާ ފާހަގަކުރިއެވެ. ނަމަވެސް އެ މައުލޫމާތުތައް ހޯދުމަށް އެޕްލިކޭޝަން މެދުވެރިކޮށް ވަދެވިފައި ނުވާކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ބީއެމްއެލްގެ ކަސްޓަމަރެއްގެ ފައިސާތަކެއް ގެއްލިގެން އެ ވާހަކަތައް ސަންގުޓީވީއާއި ހިއްސާކުރަމުން އެ ފަރާތުގެ އާއިލީ މެމްބަރެއް ބުނީ،  ފޯނުކޯލެއް ކުރިނަމަވެސް، ހަމައެކަނި ބޭންކަށް އެނގޭނެ ސީކްރެޓް ޕާސްވޯޑް ފަދަ މައުލޫމާތުތައްވެސް ގުޅި ފަރާތްތަކުން ކިޔާފައިވާކަމަށެވެ. އަދި މިފަދަ މައުލޫމާތުތައް ބަޔަކު މީހުންނަށް ލިބޭނީ ބޭންކުގެ ތެރެއިން ލީކްވެފައިވުމުންކަމަށް އިޝާރާތްކޮށް އެ ފަރާތުން ބުނީ، ފައިސާތައް ގެއްލިފައިވާ މައްސަލަ ފުލުހުންގެ މުއައްސަސާއަށް ހުށައަޅާފައިވާކަމަށެވެ. އަދި ފުލުހުންނަށް ހުށައަޅަން ދިއުމުން މި ފަދަ އެތައް މައްސަލައެއް ހުރިކަމަށާއި ތަހުގީގުތަކުން ނުވަތަ ހޯދުންތަކުން، ޖަލުތަކުގައި ތިބި ބަޔަކު މިކަން ކުރަމުން ދާކަމަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނިކަމަށެވެ.

އާއްމުންނަށް މިފަދަ ބޮޑު ގެއްލުމެއް ލިބިގެންދާ ހިނދު، މިފަދަ އަމަލެއް ޖަލުގައިތިބި ބަޔަކު ހިންގާކަމަށް ފުލުހުންނަށް ފާހަގަކުރެވިފައިވާއިރު، ފޯނު ބޭނުން ކުރުން މަނާތަނެއްގައި ނެޓްވޯކް ނުލިބޭނެ ފަދައިން ނިޒާމެއް ގާއިމު ކުރެވިފައިނުވަނީ ކީއްވެތޯވެސް ސަންގުޓީވީއާއި ވާހަކަދެއްކި ފަރާތުން ވަނީ ސުވާލުތަކެއް އުފައްދާފައެވެ. އަދި ބޭންކަށް ދީފައިވާ ސިއްރު މައުލޫމާތުތައް ބަޔަކު މީހުން ގުޅާފައި ކިޔުމުން މުވައްޒަފުންތަކެއް މިކަމުގެ ތެރޭގައި ޝާމިލުވާކަމަށް ޝައްކު ކުރެވޭކަމަށްވެސް އޭނާ ފާހަގަކުރިއެވެ. އެހެންކަމުން ބޭންކަށް އެކަނި އެނގޭނެ ފަދަ މައުލޫމާތުތަކެއް ބަޔަކު މީހުންނަށް އެނގޭނަމަ އެކަމަކީ ބޭންކުގެ ޒިންމާއެއް ނޫންތޯވެސް އޭނާ ވަނީ ސުވާލުކޮށްފައެވެ.

މިހުރިހާ ވާހަކަތަކެއް ހިއްސާކުރުމަށް ފަހު އެ ފަރާތުން ބުނީ، މިވާހަަކަތައް ހާމަކުރުމުގެ މަގުސަދަކީ އިތުރު ރައްޔިތަކަށް މިފަދަ ބޮޑު ގެއްލުމެއް ލިބިގެން ދިއުން ހުއްޓުވުމުގެ މަގުސަދުގައި ކަމަށެވެ. އަދި މިފަދަ ބޮޑު ގެއްލުމެއް ލިބުނު އިރު ފޯނުކޯލެއް ނެގުން ފިޔަވައި އިތުރު އިހުމާލެއް އޭނާގެ ނެތްކަމަކަށްވެސް ފާހަގަކުރިއެވެ. އަދި އޭނާ އަށް ލިބުނު ގެއްލުމަށް ބޭންކުން ޒިންމާ ނުނަގާނެކަން ސާފުވާކަންވެސް ފާހަގަކުރިއެވެ.

ބީއެމްއެލްގެ ކަސްޓަމަރުންތަކެއްގެ ސިއްރު މައުލޫމާތު ވަގަށް ނަގައި އެތައް ބައެއްގެ ފައިސާ ގެއްލިފައިވާއިރު މިހާތަނަށް ބީއެމްއެލްއިން މިކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި މީގެ ކުރިން ބީއެމްއެލް ތެރެއިން ވަނީ މިފަދަ އެތައް ކަމެއް ހިނގާފައެވެ. އެގޮތުން ބީއެމްއެލްގެ މުވައްޒަފުންތަކެއް ވަނީ އެތައް ބައެއްގެ ފައިސާ ވަގަށް ނަގައި ބޭނުން ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 29%ހައިރާންވެއްޖެ 43%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: