ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް އެމެރިކާއިން ހަދިޔާކޮށްފި

އެމެރިކާ އިން ރާއްޖެ އަށް ހަދިޔާ ކުރި ފައިޒާ ވެކްސިން/ ފޮޓޯ: ޔޫއެސްއެއިޑް މޯލްޑީވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 ގެ ދިފާއީ ވެކްސިންގެ ބާވަތެއްކަމުގައިވާ ފައިޒާ ގެ އިތުރު 100،620 ޑޯޒް، އެމެރިކާއިން ރާއްޖެ އަށް ހަދިޔާ ކޮށްފިއެވެ.

މި ވެކްސިން ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށެވެ. މި ފެސިލިޓީ އަކީ ކޮވިޑް19 އާއި ގުޅިގެން ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމަށް ހަދާފައިވާ ފެސިލިޓީއެކެވެ.

އެމެރިކާ އެމްބަސީ މިޝަންއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން، ވެކްސިންގެ އިތުރުން ވެސް ޔޫއެސް އެއިޑް މެދުވެރިކޮށް ސިއްހީ ދާއިރާގެ އެކި ކަންކަމަށް ރާއްޖެއަށް އަބަދުވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމުގައެވެ.

އެމެރިކާއިން ވަނީ 2021 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ޖުމްލަ 439،920 ފައިޒަރ ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: