ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ޑިޖިޓަލް ޓެކްނޮލޮޖީ ފުޅާކުރުމަށް ވޯލްޑް ބޭންކާއިއެކު 10 މިލިއަން ރުފިޔާގެ މަޝްރޫއެއް!

ވިޔަވަތި ކައުންސިލް ބައްދަލުވުމުގައި ކުރީގެ އެންވައިރޮމެންޓް މިނިސްޓަރު ޝައުނާ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯލްޑް ބޭންކްއިން ދީފައިވާ 10 މިލިއަން ރުފިޔާގެ ހިލޭ އެހީއާއިއެކު ހިދުމަތް ހޯދުމުގައި ޑިޖިޓަލް އައިޑީ ބޭނުންކުރެވި މޫސުމީ ގެއްލުންތަކަށް ހޭނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމުގެ އިތުރުން ތަންފީޒީ އިދާރާތްތަށް އިތުރަށް ބާރުވެރިކުރެވިގެންދާނެކަމަށް އެންވައިރަމެންޓް، ކްލައިމެޓް އެންޑް ޓެކޮނޮލޮޖީ މިނިސްޓާ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މި އެހީ ރާއްޖެއަށް ދިނުމަށްޓަކައި ވޯލްޑް ބޭންކުގެ ފަރާތުން ނިންމާފައިވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ތަރައްގީ ފުޅާކުރުމަށް އެ ބޭންކް ފަރާތުން ބޭއްވި އެގްޒެކްޓިވް ޑިރެކްޓަރުންގެ ބޯޑުން ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފިނޭންސް މިނިސްޓާ އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލް ބައިވެރިވެވަޑައިގެންނެވިއެވެ.

މިކަމާއި ގުޅިގެން މިނިސްޓާ ޝައުނާ ވަނީ ޓްވީޓެއް ކުރައްވާފައެވެ.

ޓްވީޓުގައި ވަނީ ވޯލްޑް ބޭންކާއި އެކު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މި މަޝްރޫއުގެ ދަށުން މޫސުމީ ގެއްލުންތަކަށް ހޭނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމުގެ އިތުރުން ޑިޖިޓަލް އައިޑީ އުފެއްދުމަށް އިތުރު ހިތްވަރެއް ލިބި ތަންފީޒީ އިދާރާތްތަށް އިތުރަށް ބާރުވެރިކުރެވިގެންދާނެކަމަށެވެ.

އއ. އުކުޅަހުގައި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާއި ބެހޭ މަޝްވަރާތައް ކުރެއްވުމަށް މެދު ރާއްޖެ ތެރެއަށް ނިސްބަތްވާ ކައުންސިލަރުންނާއިއެކު ބޭއްވިގެންދިޔަ ބައްދަލުވުމުގައިވެސް ޝައުނާ ވަނީ ޑިޖިޓަލް އައިޑީ ކާޑު މި އަހަރުގެ ފަހުކޮޅު ތައާރަފް ކުރެވޭނެ ކަމަށާއި އޭރުން ރަށްރަށުގައި ދިރިއުޅޭ މީހުންނަށް އައިޑީ ކާޑު ހެދުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ލިބޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގެއްލުންތަކަށް ހޭނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީ އާއި ޑޭޓާ އަދި އެނެލިޓިކްސް ބޭނުންކުރުމަށް ރާއްޖެއަށް އެހީތެރިވުމަށްޓަކައި ވޯލްޑް ބޭންކްއިން ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ ’ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން ޕްރޮޖެކްޓް‘ އާއި ގުޅިގެން ވޯލްޑް ބޭންކް އިން ވަނީ ބަޔާނެއް ނެރެފައެވެ.

މި ބަޔާނުގައި ވަނީ މި މަޝްރޫއުގެ ދަށުން ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ފުޅާކުރެވިގެން ދާނެކަމަށާއި އިންޓަނެޓު ހިދުމަތް ދޭން ބޭނުންކުރާ ވަސީލަތާއި ޑޭޓާ ގަވަނަންސް އަދި ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ބޭނުންވާ ގާނޫނީ އަދި އިދާރީ އޮނިގަނޑުތައް ހަރުދަނާކުރެވިގެން ދާނެކަމަށެވެ. އަދި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އާއި ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ގާބިލުކަން ހަރުދަނާކުރުމުގެ އިތުރުން ޑިޖިޓަލް އައިޑީ ނިޒާމެއް ގާއިމްކޮށް، އެ ނިޒާމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ އޮނިގަނޑުތައް ތައްޔާރެވިގެންދާނެކަމަށް ވޯލްޑް ބޭންކްގެ ބަޔާނުގައިވެއެވެ.

މީގެ އިތުރަށް މި މަޝްރޫއުގެ ދަށުން މޫސުމާ ގުޅުންހުރި ޑޭޓާ ހިއްސާކޮށް އަދި އެ ޑޭޓާގެ އެނަލިސިސް ހެދުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި އެ ބަދަލުތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ޑޭޓާއަށް ބިނާކޮށް ސިޔާސަތުތައް ކަނޑައަޅައި ކަންކަން ރޭވުން ހަރުދަނާކުރުމަށް އެންމެ ފަހުގެ ޒަމާނީ ކްލައިމެޓް ޑޭޓާ ޕްލެޓްފޯމެއް ގާއިމްކުރެވިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: