ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ބޭނުންވަނީ ވަކި ކުރާ ފަނޑިޔާރުންގެ ވަކީލުކަމުގެ ހުއްދަ ބާތިލު ކުރަން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުލޫކީ މައްސަލަތަކަށް ފަހު މަޖިލީހުން ވަކި ކުރާ ފަނޑިޔާރުންގެ ވަކީލުކަމުގެ ހުއްދަ ބާތިލު ކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފާރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އެވެ. އެ އިސްލާހުގައި ވަނީ ގާނޫނުގެ ފަންނުގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް ފަސް އަކުރެއް އިތުރު ކުރުމަށެވެ. އެ ގާނޫނުގައި މިހާރު ބަޔާން ކުރާ ގޮތުން، ފަނޑިޔާރުކަމުން ވަކިވުމާއި އެކު އެ މީހެއްގެ ވަކީލުކަމުގެ ހުއްދަ ދެމި އޮންނާނެ އެވެ. އަދި ބައެއް ފަނޑިޔާރުންކީ އެގޮތަށް ބޮޑެތި މައްސަލަތަކުގައި ދިފާއީ ވަކީލުކަން ކުރައްވާ ބޭފުޅުންނެވެ.

ބޮޑެތި ތުހުމަތުތަކާއި އެކު، މިދިޔަ ދެ އަހަރެއްގެ ތެރޭގައި ގިނަ ފަނޑިޔާރުން ވަކިކޮށްފައިވާއިރު، ބައެއް ފަނޑިޔާރުން އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ވެސް ދެއްވާފައި އެބަހުއްޓެވެ.

އިސްލާހުގައި ވަނީ ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން އެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ފެންނަކަމަށް ބަޔާންކޮށް ޖޭއެސްސީން މައްސަލައެއް ހުށަހެޅުމުން، އެއީ ގާނޫނީ ވަކީލުކަމުގެ ސުލޫކާއި ހިލާފު އަމަލެއްކަމަށް ބަލައި، އެ ފަރާތެއްގެ ވަކީލުކަމުގެ ހުއްދަ ބާތިލު ކުރެވިދާނެކަމަށެވެ.

ލައިސެންސް ބާތިލު ކުރުމަށް ފަހު ދެން އެ މީހަކަށް ހުއްދަ އަލުން ހޯދޭނީ، ފަނޑިޔާރުކަމުން ވަކި ކުރާ ތާރީހުން ފެށިގެން ފަސް އަހަރު ފާއިތުވުމަށް ފަހުކަމަށް އިސްލާހުގައި ވެއެވެ. އަދި އެ ހުއްދަ އަލުން އަނބުރާ ލިބޭނީ ގާނޫނުގައި ބުނަ އިޖުރާއަތްތައް ފުރިހަމަކޮށްކަމަށް ބުނެފައި ވެއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި މި އިސްލާހުތަކުގައި، ފަނޑިޔާރު ވަކި ކުރެވޭ ހާލަތާއި ކުރި އަމަލަށްބަލައި ދެން އަލުން ވަކީލުކަމުގެ ހުއްދަ ނުލިބޭނެ ހާލަތަތްތައް ވެސް ބަޔާންކޮށްފައި ވެއެވެ. އެއީ ”އެކަށީގެން ނުވާ“ ބޮޑު އަމަލެއް ޖޭއެސްސީން މައްސަލަ ބަލަން ފަށައި، އެކުލަވާލާ ތަހުގީގު ކޮމިޓީއަށް ސާބިތުވެ، އެކަން ރިޕޯޓުގައި ހިމަނާފައިވާނަމަ އެވެ.

”އެކަށީގެން ނުވާ ބޮޑު އަމަލެއް“ ގެ ގޮތުގައި ބެލެވޭނީ، އިސްލާހުގައި ބުނާ ގޮތުން ފަނޑިޔާރުކަމުގައި ހުރި ފަރާތުން ކުރި އަމަލަކީ އޭގެ ސަބަބުން ފަނޑިޔާރުކަމުގެ މަގާމާއި ޝަރޫއީ ދާއިރާގެ އިތުބާރު ގެއްލޭފަދަ ބޮޑު އަމަލެއްކަމަށް ހިނގުމެވެ. އަދި އެފަދަ އަމަލުތަކަކީ ކޮބައިކަން ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ކަނޑައަޅާ ގަވައިދުގައި ހިމަނާފައި ހުންނާނެކަމަށް އިސްލާހުގައި ވެއެވެ.

ސުލޫކީ މައްސަލައެއް ބަލަން ފަށައި، މަޖިލީހަށް މައްސަލަ ފޮނުވުމުން ބައެއް ފަނޑިޔާރުން މަގާމުން އިސްތިއުފާ ދޭކަން ފާހަގަކޮށް އިސްލާހުގައި ވަނީ އަމިއްލައަށް މަގާމުން އިސްތިއުފާ ދިންކަމުގައި ވާނަމަ ވެސް ވަކީލުކަމުގެ ހުއްދަ ބާތިލު ކުރެވޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: