ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.
މި މަޝްރޫއުގެ ދަށުން މިވަގުތު ކުރިއަށްދާ މަސައްކަތް ތަކުގެ ތެރޭގައި ހިމެނެނީ 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި 361 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 822 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމެވެ.
މި މަޝްރޫއު އަކީ 44.9 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމުގައި އެމްޓީސީސީއިން މައުލޫމާތުދެ އެވެ.

