ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތައް ހިންގުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް!

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ދަށުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ދަށުން ކައުންސިލްތައް ހިންގުމަށް ކުރިމަތިވަމުންދާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރަށް އިލްތިމާސްކޮށް ގަރާރެއް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށައަޅުއްވައިފިއެވެ.

ގަރާރު ހުށައަޅުއްވައިދެއްވަމުން ޝިޔާމް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ކައުންސިލަށް ލިބިދީފައިވާ ބާރުތައް ތަންފީޒުކުރުމަށާއި ކައުންސިލްތައް ހިންގުމަށް ކުރިމަތިވަމުންދާ ދަތިތައް ހައްލުކުރުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން އެކުލަވާލާ އުފެދިފައިވާ ސިޓީ ކައުންސިލާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް ހިންގުމުގައި ބޮޑެތި ދަތިތައް ކުރިމަތިވަމުންދާހިނދުގައި، ކައުންސިލްތަކަށް ބާރުވެރިކަން ދީފައިވިނަމަވެސް ކަންކަން ތަންފީޒުކުރުމުގައި ހާއްސަކޮށް މާލީ ގޮތުން ކައުންސިލްތަކަށް ދަތިތައް ކުރިމަތިވަމުން ދާތީއާއި ހާއްސަކޮށް ސިވިލް ސާވިސްގެ ތެރެއިން ބޮޑެތި ދަތިތައް ކުރިމަތިވާކަމުގައި ޝިޔާމް ފާހަގަ ކުރެއްވިއެވެ.

މަސައްކަތްތައް ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން މުވައްޒަފުން ހޯދުމަށް އެދުމުން އެކަން ނުކޮށްދީ ރުކުރުވާލައިގެން މަސައްކަތްތައް ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގާފައިވާ ކަމަށާއި ކައުންސިލްގެ މަސައްކަތްތައް ހަރުދަނާ ކުރުމަށާއި ކައުންސިލުން ފޯރުކޮށްދޭން ލާޒިމުކުރާ ހިދުމަތްތައް ފޯރުކޮށްދިނުމަށް މުވައްޒަފުން ނެގުމަށް ކައުންސިލްގައި މަޝްވަރާ ކޮށް ނިންމާ ކައުންސިލްގެ އާމްދަނީ އިން މުވައްޒަފުން ހޯދުމަށް ސިވިލްސާވިސްގައި އެދުނު ނަމަވެސް އެކަން ކުރުމަށް ހުއްދަ ނުދިން ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލް ތަކުގެ ބައެއް މަގާމް ތައް އުފެއްދުމަށް ކުރާ ރިކުއެސްޓްތައް ސިވިލްސާވިސް ކޮމިޝަނުން އެޕްރޫވްކުރުމުގައި، ގިނަ ދުވަސްތަކެއް ވާތީ އާއި އެކަމުގެ ހުއްދަ ލިބުނުނަމަވެސް ފިނޭންސް މިނިސްޓްރީ އަށް އެކަން ހުށައެޅުމުން އެމިނިސްޓްރީ އިން  އެކަމަށް ބޭުންވާ ފައިސާ ހަމަޖެއްސުމަށް އެއްމަސް ދުވަހުގެ މުއްދަތުނަގާތީ ދިމާވާ އުނދަގޫތައް ފާހަގަކުރައްވާފައިވެއެވެ. އަދި 2021 ވަނަ އަހަރުގެ ކައުންސިލްތަކުގެ އޮނިގަނޑު ފޮނުވުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެދުމުން، ކައުންސިލްތަކުން އޮނިގަނޑު ފާސްކޮށް ފޮނުވާފައިވީ ނަމަވެސް އެކަން ނުވެ މިއަހަރު އަނެއްކާވެސް އާ އޮނިގަނޑު ފޮނުވުމަށް އެންގުމާއި އެކަމުގެ ސަބަބުން ކައުންސިލްތަކަށް ބޭނުންވާ މުވައްޒިފުން ވަނީ މަދުވެފައެވެ. އަދި ކައުންސިލްގެ ފަސް އަހަރުގެ ދައުރުގެ ތެރެއިން އެއް އަހަރު ނިމިގެން ދާއިރު އޮނިގަނޑު ފާސް ނުވުމާއި ރަށްވެހި ހިދުމަތް ދިނުން ހަރުދަނާ ކުރުމަށް މުވައްޒަފުން ނެގުމަށް ކައުންސިލްތަކުން ނިންމާފައިވާ ނިންމުންތައް ތަންފީޒު ނުކުރެވުމާއި އޮނިގަނޑުގައި ހެދުމަށް ފޮނުވާފައިވާ އުސޫލުގައި މުވައްޒަފުން ރުކުރުވާލައިގެން މަސައްކަތް ކުރުމަށް އަންގަވާފައިވުމުން ބޮޑު އާބާދީ ތަކަށް ނިސްބަތްވާ ކައުންސިލްތަކަށް އުސޫލު ނުފެތޭ ކަން ޝިޔާމު ފާހަގަ ކުރެއްވިއެވެ.

އެލްޖީއޭ އިން ކައުންސިލްތަކަށް އެންގި ގޮތަށް މިހާރު ތިބި މުވައްޒަފުން ރުކުރުވާލައިގެން މަސައްކަތް ކުރާނަމަ ކައުންސިލްގެ ގިނަ މަސައްކަތްތަކެއް ހުއްޓުމަކަށް އަންނާނެތީ އާއި އޮނިގަނޑު ހެދުމަށް އަމާޒްކޮށްފައިވަނީ ކުދި އާބާދީތަކަށް ކަމަށާއި އެހެން މުވައްސަސާ ތަކަށް ސިވިލްސާވިސް އިން ބޮޑެތި މުސާރައިގައި މީހުން ނަގަމުންދާތީ އާއި މުވައްޒަފުން މަދުވުމުގެ ސަބަބުން މިހާރު ކައުންސިލްތަކުގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އާއި ނުބައްދަލު ޒިންމާތައް އުފުލުމަށް މަޖުބޫރު ވެފައިވާތީ އެކަން ހައްލުކުރުމަށް އެދިފައިވެއެވެ.

އަދި މުވައްޒަފުން މަދުކަމުގެ ސަބަބުން  ގިނަ ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތް ފޯރުކޮށް ނުދެވޭތީ ރައްޔިތުންގެ ކަންބޮޑުވުން ހިމެނޭތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް ޝިޔާމް ހުށައެޅުއްވި ގަރާރުގައި ސަރުކާރަށް ގޮވާލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: