ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހްލޫފް ވެސް ދަނޑަށް ކުޅެން ދަނީ 6400 ރުފިޔާ ދައްކައިގެން

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުޓްސަލް ދަނޑަކަށް ކުޅުއްވަން ވަޑައިގަންނަވަނީ 6،400ރ. ގެ ފީއެއް ދައްކަވައިގެން ކަމަށާއި ދަނޑުތައް ކުއްޔަށް ދޫކުރާ އަގު ކޮންޓްރޯލް ކުރައްވަން މަސައްކަތް ކުރައްވާ ކަމަށް ޔޫތު އެންޑް ސްޕޯޓްސް  މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ފުޓްސަލް ދަނޑުތައް ބޭނުން ކުރުމުގައި ދިމާވެފައިވާ ދަތިތަކާއި އެ ދަނޑުތައް ލިބުމުގެ ޑިމާންޑް ބޮޑުވެފައިވާތީ އެކަމަށް ހައްލެއް ހޯދުމާއި ގުޅޭގޮތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާޙިމް މުއިއްޒު ކުރެއްވި ސުވާލުގެ ޖަވާބުގައި މަހްލޫފު ވިދާޅުވީ އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންގެންދާ ކަމުގައެވެ.

  “އަޅުގަނޑު ވެސް ކުޅެން ދަނީ 6،400ރ. ވަރު ދައްކާފައި ހަފުތާއަކު ދެ ރޭ. އެހާ އަގު ބޮޑު. ބައެއް ތަންތަނުން އެބަ ނަގާ 9،000 ރުފިޔާ އިނގޭތޯ! އެހެންވީމަ އެއަށް ވުރެން މާ އަގު ހެޔޮކޮށް މިކަން ކުރެވޭނެ ކޮންމެވެސް ގޮތެއް ހޯދަން އެބަޖެހޭ.” މަހުލޫފް

މާލޭގައި މީހުން ފުޓްސަލް ކުޅެލަން ދާން މިހާރުވަނީ ވަރަށް ދަތި ކަމަކަށް ވެފައި ކަމަށް މަހުލޫފް ވިދާޅުވިއެވެ.

އެކަމަށް ލިބޭ ފުރުސަތު މަދުވެ ދައްކަން ޖެހޭ ފައިސާވެސް ގިނަވެފައި ހުރި ވަސީލަތްތައްވެސް މަދުކަމަށް މަހުލޫފް ވިދާޅުވިއެވެ.

އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ދަނޑުތައް ނެގުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށާއި އެތަންތަނަކީ އޮންލައިންކޮށް ބޫކް ކޮށްގެން މީހުންނަށް ދެވޭނެ ގޮތަށް އިންތިޒާމް ހަމަޖެހިފައި ހުންނާނެ ތަންތަނަށް ހެދުމުގެ މަޝްވަރާ ކުރެވެމުން ދާ ކަމުގައި މަހްލޫފް ވިދާޅުވިއެވެ.

އަދި މަހުލޫފް ވިދާޅުވީ އެބޭފުޅާ ވެސް ކުޅެން ދަނީ  ހަފްތާއަކު ދެރޭ ކަމަށާއި 6،400 ރުފިޔާ ދައްކައިގެން ކަމަށެވެ. އަދި ދަނޑުތަކުގެ އަގު އެހާވެސް ބޮޑުވެފައިވާ ކަމުގައެވެ.

ބައެއް ދަނޑުތަކުން 9000 ރުފިޔާ ނަގާ ކަމަށާއި އެއަށް ވުރެ އަގުހެޔޮ ކޮށް އެކަން ކުރެވޭނެ ގޮތެއް ހޯދުމަށް ޖެހޭ ކަމަށާއި މިއަހަރު ތެރޭގައި އެކަމަށް ހައްލެއް ލިބިގެންދާނެ ކަމުގައި މަހުލޫފް ވިދާޅުވިއެވެ. އަދި އެކަމާއި ގުޅިގެން މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި އެކަން ކުރެވެމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

މާލޭގައި ސަރުކާރުގެ ހަރަދުގައި ހަދާފައިވާ ފުޓްސަލް ދަނޑުތައް އަމިއްލަ އެކި ފަރާތްތަކުން ކުއްޔަށް ދޫކުރާ މައްސަލަ ބޮޑުވެފައި އޮންނަތާ ކިތަންމެ ދުވަހެއް ފާއިތުވެގެން ދިޔަ ނަމަވެސް އެކަމަށް އެދެވޭ ހައްލެއް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: