ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނިތައް ރީސްޓްރަކްޗާ ކުރަން މަޖިލީހަށް ގަރާރެއް!

މެމްބަރު އިލްޔާސް ލަބީބް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ދަރަނިތައް ރީސްޓްރަކްޗާ ކުރަން ގޮވާލާ ގަރާރެއް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ދިވެހި ރާއްޖެ ދަރަނީގެ ސަބަބުން ބަގުރޫޓުވެދާނެކަމުގެ އިންޒާރު ބައިނަލްއަގުވާމީ މާލީ އިދާރާތްތަކުން ދީފައިވާ މި ދަނޑިވަޅުގައި ހުށައެޅުއްވި ގަރާރުގައި ބުނެފައިވަނީ 2012 އިން 2018 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން އެކި ފަރާތްތަކަށް ދިފައިވާ ސޮވެރިން ގެރެންޓީއާއި އެ މުއްދަތުގެ ތެރޭގައި ވިއްކާފައިވާ ބޮންޑާ އަދި ނަގާފައިވާ ލޯނުތަކުގެ ބޮޑު ބައެއް މިއަހަރާއި އަންނަ އަހަރު ސަރުކާރުން ދައްކަންޖެހޭ ކަމަށެވެ. މިފަދައިން ގަރާރުގައި ވާއިރު އެމްނެސްޓީން އާންމުކުރި ބަޔާނުގައި ވަނީ އަންނަ އަހަރުގެ ތެރޭގައި ރާއްޖެއިން ނަގާފައިވާ ދަރަނި އަދާ ނުކުރެވޭ ވަރަށް ދިވެހި ރާއްޖޭގެ މާލީ ރިޒާވް ހުސްވެ ގައުމުގެ އިގްތިސާދުއެކުގައި ވެއްޓި ލަންކާއަށްވީފަދައިން ރާއްޖެއަށް ކުރިމަތިވުން އެކަށީގެންވާކަމަށެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނީ 24.3 ބިލިއަން ރުފިޔާ ކަމަށް ފާސްކޮށްފައިވާކަމަށާއި ނަމަވެސް މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އަދި ލިބުނީ 11.1 ބިލިއަން ރުފިޔާ ކަމަށްވެސް މި ގަރާރުގައިވެއެވެ.

އިތުރަށް ގަރާރުގައި ވަނީ މިއަހަރުގެ ބަޖެޓުގެ ޖުމްލަ ދަރަނި ހުންނާނެ ކަމަށް ލަފާ ކުރެވެނީ 91.8 މިލިއަން ރުފިޔާގައި ކަމަށާއި އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 104.4 ޕަސަންޓް ކަމަށެވެ. އަދި ގެރެންޓީ ހިމަނައިގެން އެ އަދަދު 102.9 ބިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް ލަފާކޮށް ގަރާރުގައިވާ ގޮތުންނަމަ އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 117.7 ޕަސެންޓެވެ.

ސަރުކާރުން ގެރެންޓީ ދީގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާފައިވާ ބޭރު ފައިސާގެ ލޯނުތައް އަނބުރާ ދެއްކުމަށް ދައުލަތުގެ ރިޒާވުން ހަރަދު ކުރަންޖެހޭ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށްވެސް ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ދައުލަތަށް ލިބޭ އާމްދަނީން ދައުލަތުގެ ހަރަދުތައް ފޫނުބެއްދޭ ކަމަށާއި އެ ހަރަދުތައް ދެކޮޅުޖެއްސުމަށާއި ކުރިން ނަގާފައި ހުރި ލޯނުތައް އަނބުރާ ދެއްކުމަށް އިތުރު ލޯނުތައް ނަގަންޖެހިފައިވާ ކަމަށްވެސް ގަރާރުގައިވެއެވެ. ދަރަނި ރީސްޓްރަކްޗާ ކުރުން މުހިއްމުކަމުގައި ފާހަގަކޮށް ގަރާރުގައި ވަނީ އެކަމަށް ބޭނުންވާ ކަންތައްތައް ތަރުތީބުކޮށް އިންތިޒާމްކޮށް އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދި ގޮވާލާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: