ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯ ހިޔާގެ ދެ ފްލެޓަށް ކަރަންޓްލުމުގެ މަސައްކަތް ފަށައިފި

ސްޓެލްކޯގެސަރަހައްދެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ސްޓެލްކޯގެ ހިޔާ ދެ ފްލެޓަށް ކަރަންޓް ލުމުގެ މަސައްކަތް އެކުންފުނީގެ އަމިއްލަ ހަރަދުގައި ފަށައިފިއެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ ސްޓާފް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ސްޓެލްކޯ ހިޔާގެ 2 ޓަވަރަށް އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓު ލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ނިންމި ނިންމުމާއި އެއްގޮތަށް ކަރަންޓް ދިނުމަށް ބަހައްޓަންޖެހޭ ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ދާކަމުގައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފްލެޓްތައް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭނެ ކަމުގައި އެޗްޑީސީއިން ވަނީ ބުނެފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯކް އެޅުމުގެ މަޝްރޫއު ކުރިއަށް ދަނީ ބްރައުންސް ސީއެމްސީ ކުންފުޏްނާއި ހަވާލްކޮށްގެން ސްޓެލްކޯގެ އެއްބާރުލުމާއެކުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: