ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާ ކައުންސިލްގެ ރައީސަކަށް ވިޝާމް އިންތިހާބުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސް އަކަށް ކުރީގެ އެސިސްޓެންޓް އެޓާރނީ ޖެނެރަލް އިސްމާއީލް ވިޝާމް  އިންތިހާބުކޮށްފިއެވެ.

ވިޝާމް އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ 270 ވޯޓް ލިބިވަޑައިގެންނެވެ.

ބާ ކައުންސިލަށް ދެވަނަ ރައީސަކު އައްޔަންކުރެއްވީ އެކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ދެވަނަ ދައުރު އަންނަ މަހު ހަމަވާތީ އެވެ.

އެކައުންސިލްގައި މިވަގުތު އޮތް ކޮމިޓީގެ ދައުރު އަންނަ ޖުލައި މަހުގެ 13 ވަނަ ދުވަހު ހަމަވާނެއެވެ.

އެގްޒެކްޓިވް ކޮމިޓީ ހޮވުމަށް ބޭއްވި އިންތިހާބުގައި ވޯޓް ލުމަށް ރަޖިސްޓްރީ ވެފައިވަނީ ޖުމްލަ 765 އާންމު މެމްބަރުންނެވެ.

މި އިންތިހާބުގައި ރައީސް ކަމަށް ވިޝާމާއި އެކު ދެން ވާދަ ކުރެއްވީ އެ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގައި މިހާރުވެސް ހިމެނިވަޑައިގަންނަވާ ވަކީލް މުހައްމަދު ފައިސަލްއެވެ.

އެގްޒެކްޓިވް ކޮމިޓީ އަށް އިންތިހާބު ކުރާ ހަ މަގާމަކަށް ފަސް ބޭފުޅަކު ކުރިިމަތިލާފައިވާއިރު، އެކަމަށް މެމްބަރުން އިންތިހާބު ކޮށްފައިވަނީ ފެންނަ ނުފެންނަ ވޯޓަކުންނެވެ.

ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު ކަމަށް ހޮވިފައިވަނީ، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒާއި ވަކީލް އިބްރާހިމް ޝަމީމްގެ އިތުރުން ސާދިހު ނަސީރެވެ.

ބާ ކައުންސިލްގެ ނައިބު ރައީސަކަށް ވާދަކުރެއްވީ މިޒްނާ އަހުމަދު އެކަންޏެވެ.

ނައިބު ރައީސް ކަމަށް މިޒްނާ ގެނައުމަށް 281 ވޯޓް ލިބުނު އިރު އޭނާ އާ ދެކޮޅަށް 156 ވޯޓް ދީފައިވެއެވެ.

ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ ދައުރަކީ ތިން އަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: