ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަބިއްޔާގެ ދިފާއުގައި އިދިކޮޅުން ބޮޑު ޖަލްސާއެއް ބާއްވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެކަލޭގެފާނުގެ އަބުރުފުޅަށް ހުތުރުވާގޮތަށް ހިންގަމުންދާ އަމަލުތައް ކުށްވެރިކޮށް، އެކަލޭގެފާނުގެ ދިފާއުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕިއެމްގެ ހާއްސަ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ނަބިއްޔާ އަށް ފުރައްސާރަ ކުރުން ފަދަ ކަންކަމަކީ ލުއިކޮށް ނެގޭނެ ކަންކަމެއް ނޫން ކަމުގައެވެ.

އަދި މިކަން ފަސޭހައިން ދޫކޮށްނުލާނެ ކަމަށާއި ޕީޕީއެމަކީ އިސްލާމް ދީނުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް އަބަދުވެސް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ޕާޓީއެއް ކަމުގައި ޝަހީމް ވިދާޅުވިއެވެ.

އެގޮތުން މާތް ރަސޫލާގެ ދިފާއުގައި ބާއްވާ ބޮޑު ޖަލްސާ  އޮންނާނީ އަންނަ ބުރާސްފަތިދުވަހުގެ ރޭ (ހުކުރުވިލޭރޭ) 08:30 ކާނިވާ ސަރަހައްދުގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިރުޝާދާ އެއްގޮތަށް 16 ވަނަ ދުވަހުގެ ރޭ ބޮޑު ޖަލްސާ އެއް އޮންނާނެއެވެ.

” ރައީސް ޔާމީންގެ އިރުޝާދާ އެއްގޮތަށް 16 ވަނަ ދުވަހުގެ ރޭ ބޮޑު ޖަލްސާއެއް އޮންނާނެ. ބީޖޭޕީގެ އިސް ދެ އޮފިޝަލުންގެ އަމަލުތަކަށް އެމީހުން މައާފަށް އެދެންޖެހޭނެ. ކޯލިޝަންގެ ބޭނުމަކީ ރަސޫލާގެ ދިފާއުގައި އަޑުއުފުލުން. މިއީ ސިޔާސީ ކަމެއް ނޫން. ކޮންމެ ފިކުރަކަސް މިޖަލްސާގައި ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއް.” ޑރ ޝަހީމް

އިންޑިއާގެ ޓީވީ ޗެނަލެއްގައި ދެއްކި ޕްރޮގްރާމެއްގައި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައިވަނީ ބީޖޭޕީގެ ނޭޝަނަލް ސްޕޯކްސް ޕާސަން ނުފުރް ޝަރުމާ އާއި ނިއުދިއްލީގައި ހުންނަ ބީޖޭޕީީ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރެވެ.

އެދެމީހުން ދެއްކި ވާހަކަތައް ހޫނުވެ އިސްލާމީ ގައުމުތަކުން އަންނަނީ އެކަމާއި ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: