ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

6 މެއިގެ މައްސަލަ ބަލާ ބެންޗުން ގާޒީ އާދަމް މުހައްމަދު ޒަނާޒުލް ވެއްޖެ

ގާޒީ އާދަމް މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްލަހަތު ފުށުއަރާ ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ މައްސަލަ ބަލާ ބެންޗުގައި އިންނަވާ ގާޒީ އެއް ކަމުގައިވާ އާދަމް މުހައްމަދު ތަނާޒުލް ވެއްޖެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރަނީ މއ ފޭރުގޭ މުޖާޒް އަހުމަދާއި ގއ ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ ވިލިނގިލި ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ ކުދެހިގޭ އިސްހާގާއި އއ މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި އެމައްސަލަ ބައްލަވަމުން ގެންދަވަނީ ތިން ގާޒީންގެ ބެންޗަކުންނެވެ.

އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އާދަމް މުހައްމަދެވެ. ދެން ބެންޗުގައި ހިމެނެނީ ގާޒީ ސޮފްވަތު ހަބީބާއި ގާޒީ މުހައްމަދު މިސްބާހެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އާދަމް މުހައްމަދު ވިދާޅުވީ މައްސަލައިގައި ދައުވާލިބޭ އިސްހާގުގެ ފަރާތުން ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމުގައެވެ.

އެސިޓީގައި ވާ ގޮތުގައި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި އިސްހާގުގެ އާއިލާ މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށާއި، އެ މައްސަލަ ނިމެން ކައިރިވެފައިވަނިކޮށް އޭނާގެ އާއިލާ އެހެން މެމްބަރަކު ގާޒީ އާދަމް މުހައްމަދަށް އިންޒާރު ދީފައިވާ މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ.

އެހެންކަމުން ގާޒީ އާދަމް މުހައްމަދު މި މައްސަލައިން ތަނާޒުލް ވުމަށް އިސްހާގުގެ ސިޓީގައި އެދިފައިވެއެވެ.

ގާޒީ އާދަމް މުހައްމަދު އިތުރަށް ވިދާޅުވީ އިސްހާގު މި ސިޓީ ފޮނުވުމުގެ ކުރިން މިއީ މައްސަލަ ބައްލަވާ ބެންޗުގެ އެއްވެސް ގާޒީ އަކަށް އެނގިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.

އަދި މިސިޓީ އާ ގުޅިގެން މި މައްސަލައިން ތަނާޒުލްގެ ވަޑައިގަތުމަށް ނިންމެވީ ކަމުގައި ގާޒީ އާދަމް މުހައްމަދު ވިދާޅުވިއެވެ.

އެހެންކަމުން މިއަދުގެ އަޑުއެހުން ކުރިއަށްގެންދެވިފައެއް ނުވެއެވެ. މިއަދުގެ އަޑުއެހުމުގައި ތާވަލްކޮށްފައި އޮތީ މައްސަލައިގެ އިފްތިތާހީ ބަޔާން އިއްވުމެވެ.

ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި އަހުމަދު އަދުހަމްގެ މައް×ަށް 23 އަހަރުގެ ޖަލު ހުކުމެއް ކުރިން އޮތީ އިއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: