ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޖޭ ކްރީކް ރެސިޑެންސް ގެ ބިންގާ އަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޖޭ ގްރޫޕްގެ ފަރާތުން ހުޅުމާލޭގައި އިމާރާތް ކުރާ  އެސްޖޭ ރެސިޑަންސް ގެ ބިންގާ އަޅައިފިއެވެ.

އެކަމަށް ޓަކައި ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެސްޖޭ ކޮންޝްޓްރަކްޝަންގެ ޑިރެކްޓަރ ޝިހާދު އިބްރާހިމް ވިދާޅުވީ މިވަގުތު ދިވެހި ރާއްޖޭގައި އެސްޖޭގެ ފަރާތުން ތިންސަތޭކަ ސާދަ ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރާ ކަމުގައެވެ.

އޭގެ ތެރޭގައި ސަރުކާރުގެ ޕީއެސް އައި ޕީގެ ދަށުން ހިންގާ  200 ޔުނިޓާއި އެސްޖޭގެ ފަރާތުން ތަރައްގީ ކުރަމުން އަންނަ 114 ޔުނިޓްގެ މަސައްކަތެވެ. ބިންގާ އެޅިގެން ދިޔަ އެސްޖޭ ކްރީކް ގައި ހުންނާނީ ހަތަރު ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމަންޓް ކަމުގައި ޝިހާދު ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ އެސްޖޭ ކްރީކަށް އިތުބާރު ކުރަންޖެހެނީ ޕްރޮޖެކްޓަށް މެޓީރިއަލް ސަޕްލައި ކޮށްދެނީ އެސްޓީއޯ އިން ކަމަށް ވުމާއި އެ ކުންފުންޏަކީ އިތުބާރު ކުރެވޭ ކުންފުންޏަކަށް ވާތީކަމުގައެވެ. މީގެ އިތުރުން ޕްރޮޖެކްޓަށް ބޭނުންވާ ފަންނީ އެހީ ދެނީ އިންސައިޑް ޕްލަސްއިން ނެވެ.

އިންސައިޓް ޕްލަސް އަކީ ރާއްޖޭގައި ހައުސިންގ ފްރޮޖެކްޓް ތަކުގައި ވަކިން ހާއްސަކޮށް ހައިރައިސް ބިލްޑިންގ ތަކުގައި ފުންނާބު އުސް ކޮންސަލްޓެންޓެއް ކަމުގައި ޝިހާދު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް ގެ ވާހަކަ ފުޅުގައި އެޗްޑީސީއިން މަސައްކަތް ކުރީ އަދި ކުރަނީ ކޮންސްޓްރަކްޝަން ކުންފުނިތައް ކުރިއަރުވައި ޑިވޮލަޕަރުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތް ތަކަށް އެފުރުސަތު ދިނުމަށް ކަމުގައި ކަމަށެވެ.

އެގޮތުން އެސްޖޭ އަކީ ކޮންޝްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރަމުން އަންނަ އެކި ސަރުކާރުތަކާއި އެކީ މަސައްކަތް ކުރަމުން އައި ކުންފުންޏެއްކަމުގައި އާތިފް ފާހަގަކުރެއްވިއެވެ.

އަދި އެސްޖޭ އިން ކްރީކް ރެސިޑެންސް ތަރައްގީ ކުރުމަށް ނަގާ އެ ފިޔަވަޅަކީ ބޭންކް ތަކާއި ކޮންޝްޓްރަކްޝަން ދާއިރާގައި ހުރި ތަޖުރިބާ އާ އެކު އެންގިއުލަރ ފައިނެންސް މޮޑެލް އާއެކު އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ މަސައްކަތުގައި ސާބިތުކަމާ އެކު ތިބި ކަން ދޭހަވާ ކަމެއް ކަމުގައެވެ.

އެ ރަސްމިއްޔާތުގައި އެސްޖޭ ކުންފުންޏާއި އެޗްޑީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: