ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާފުވެރި ފަނޑިޔާރުގެއެއް ގާއިމް ކުރުމުގެ އެއްވެސް ނިޔަތެއް އެމްޑީޕީގެ ނެތް: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާފުވެރި ފަނޑިޔާރުގެއެއް ގާއިމް ކުރުމުގެ އެއްވެސް ނިޔަތެއް އެމްޑީޕީގެ ނެތް ކަމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރާ ވާހަކަ އަކީ އެމްޑީޕީއިން ވެރިކަމަށް އައުމަށް އެންމެ ގަދައަށް ދެއްކި ވާހަކަ ނަމަވެސް ވެރިކަމަށް ހަތަރު އަހަރު ވީއިރުވެސް  އެއިސްލާހު މަޖިލީހަށް  އަދިވެސް ނާންނަ ކަމުގައި  ޝިޔާމްވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖޭއެސްސީގެ ގާނޫނަށް  އިސްލާހު ހުށައެޅުމަށް ސަރުކާރުން ހުށައެޅި ބިލަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ އެ އިސްލާހަކީ ބަޔަކަށް އަނިޔާއެއް ދިނުމަށް ފަސޭހަކޮށްލުމަށް ހުށައެޅި އިސްލާހެއް ކަމުގައެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީ އިން ވަކާލާތު ކުރި އެންމެ މުހިއްމު އިސްލާހަކީ  ފަނޑިޔާރުގެ އިސްލާހުކުރުން ކަމަށާއި އެކަން ކުރުމަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުން ކަމުގައި މިސަރުކާރުން ބުނިކަމަށެވެ.

ޖޭއެސްސީ މިނިވަން ނުވެ އޮތުމަކީ އެކަމުގެ ސަބަބުން ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު އޮތްނަމަ އެ އިތުބާރު ގެއްލޭ ވަރުގެ ކަމެއް ކަމުގައި ޝިޔާމް ފާހަގަކުރެއްވިއެވެ. ސަބަބަކީ ފަނޑިޔާރުގެ މިނިވަން ކުރުމަކީ އެމްޑީޕީ އިން އެންމެ ބާރަށް ދެއްކި ވާހަކައަށް ވާތީ ކަމުގައެވެ.

ޖޭއެސްސީ އިސްލާހު ކުރުމަށް ސަރުކާރުގެ އެއްވެސް މެމްބަރަކު އަޅާނުލުމުން، އެކަން ވަނީ ޕީޕީއެމްގެ މަޖިލިސް މެމްބަރު މަހިބަނދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ތިންވަނަ ފަހަރަށް އެއިސްލާހު ވަނީ ހުށައަޅުއްވާފައެވެ.

މެމްބަރު ތާރިގުގެ އިސްލާހުގައި ކުށެއްވާނަމަ އެކަން  އެމްޑީޕީގެ 65 މެމްބަރުންނަށް އިސްލާޙު ކުރެވުނީސް ކަމުގައި ޝިޔާމް ވިދާާޅުވިއެވެ. މަޖިލީހުގެ 75 އިންސައްތަ ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީ އަތުގައި ކަމަށާއި ގާނޫނު އަސާސީ އަށް ހުށައެޅޭ އިސްލާހުތައް މަޖިލީހުން ބަލައިގަނެ އެ އިސްލާހު ފާސްކޮށްލުމުން ސަރުކާރުގެ ވައުދުވެސް ނިމި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދުވެސް ފުއްދިގެން ދިޔައީ ކަމުގައި ޝިޔާމް ހާމަކުރެއްވިއެވެ.

ނަމަވެސް އެމްޑީޕީ އިން އިސްލާހު ކުރުމަށް ބޭނުން ނުވާ ކަމަށާއި އެކަމުގެ އެއްވެސް ނިޔަތެއް ނެތް ކަމުގައި ޝިޔާމް ތުހުމަތު ކުރެއްވިއެވެ.

ޖުޑިޝަރީ ހިންގަން ބޭނުންވަނީ ގޮށްމުށުގެ ބާރުން ކަމުގައި ޝިޔާމް ވިދާޅުވިއެވެ. ދައުލަތް ހިންގަން ބޭނުންވަނީ ގޮށްމުށުގެ ބާރުން ކަމުގައި އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: