ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ މައްސަލަ ބަލާ ފަނޑިޔާރަށް ޖޭއެސްސީން ވަނީ ބިރުދައްކާފައި: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމޮޝަން (ޖޭއެސްސީ) ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ޖޭއެސްސީ އިސްލާހު ކުރުމަށް ހުށައެލި އިސްލާހަށް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިސަރުކާރުން ވަނީ ރައީސް ޔާމީންގެ ފަނޑިޔާރުން ދަަންވަރު ގަޑީގައި ޖޭއެސްސީއަށް ހާޒިރުކޮށްގެން ބިރުދައްކާ ކަމަށެވެ.

ވުމާއެކު އިންސާފުވެރިކަމާ އެކު ނިމޭނީ ކޮން މައްސަލައެއްތޯ ވިދާޅުވެ ޝިޔާމް ވަނީ ސަރުކާރާއިމެދު ސުވާލު އުފައްދަވާފައެވެ. އަދި މިއަދު މިގައުމުގައި އިންސާފުވެރިކަން އިހުސާސް ކުރެވޭނީ ކޮން ރައްޔިތަކަށް ތޯ ޝިޔާމް ވިދާޅުވިއެވެ.

މިއަދު ހިޔާލު ފާޅުކުރުމުގެ މިނިވަން ކަން މިގައުމުގައި ނެތް ކަމަށާއި އެހައްގު ރައީސް އިބްރާހިމް މުހައްމަދު ސާލިހު  ވެރިކަން ހިންގަވަނީ އެހައްގުތައް ނިގުޅައިގަނެގެން ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

މިގައުމުގައި އޮތީ މިލިޓަރީ ވެރިކަމެއް ކަމަށާއި ވެރިކަން ހިންގަނީ ފުލުހުންނާއި ސިފައިން ބޭނުން ކޮށްގެން ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

ވެރިކަން ހިންގަނީ ޅިޔަނު ބޭނުން ކޮށްގެން ކަމަށާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ސިފައިންގެ އެންމެ އިސްވެރިޔާ ގޮތުގައި ހުންނަވާ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހުގައި ހުރިހާ ސިޔާސީ ބައްދަލުވުމުގެ އެންމެ ކުރީގައި އިންނަވާ ކަމުގައެވެ.

އެކަމުގެ ސަބަބުން އެމުއައްސަސާތަކަށް ދިވެހި ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ވަނީ ގެއްލުވާލާފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ރައްޔިތަކަށް ބަހެއް ބުނުމުގެ ހައްގު މިހާރު ނޯންނަ ކަމަށާއި އެއްވެ އުޅުމުގެ ހައްގު މިހާރު ނުލިބޭ ކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ ސިޔާސީ ޕާޓީ ތަކަށް ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު މިހާރު ނެތް ކަމަށާޢި އެޖާގަ މިހާރު ނެތިފައިވާ ކަމަށާއި އެކަމާއި ދެކޮޅަށް ބަހެއް ނުބުނެ މަޖިލިސް ހަނުއޮތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މުޅި ދައުލަތް ވަނީ ބަނގުރޫޓު ވެފައި ކަމަށާއި ދައުލަތް ދަވާލާފައިވާއިރު ވެސް ރައްޔިތުންގެ މަޖިލިސް އޮތީ ހަނު ކަމުގައި އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖެ ބަނގުރޫޓު ވެދާނެ ކަމުގެ އެތައް މެސެޖް ތަކެއް ދީފައިވާ ކަމަށާއި ނަމަވެސް މިސަރުކާރުން ތިބީ ފައިސާ ޗާޕް ކުރުމަށް ހުއްދަ ދީގެން ތިބި ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގައި އޮތް ޒިންމާދާރު ތިން ބާރުގެ ތެރެއިން އެއްބާރު ކަމުގައި ދިވެހި ރައްޔިތުން ގަބޫލު ނުކުރާ ކަމަށް ވިދާޅުވަމުން ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ދީފައި އޮތް ބާރު ބޭނުން ކުރަން  ޖެހޭ ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

ރައްޔިތުންގެ ބަސް މަޖިލީހުން އިއްވަން ޖެހޭ ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: