ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލްމީޒާގެ ބަދަލުގައި އެމެރިކާގެ ސަފީރުކަމަށް އަބްދުލްޣަފޫރު

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއިން އެމެރިކާއަށް ކަނޑައެޅުއްވި ސަފީރު ތިލްމީދާ ހުސެއިންގެ ބަދަލުގައި އެމަގާމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެމްބަސެޑަރ އެޓް ލާޖްގެ މަގާމު ފުރުއްވަމުން ގެންދަވާ އަބްދުލް ޣަފޫރު މުހައްމަދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރުހުން ހޯދުމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ފޮނުވައިފިއެވެ.

ރާއްޖޭގެ ހާރިޖީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަބްދުލްޣަފޫރު ވަނީ މީގެ ކުރިން އެމެރިކާގައި ހުންނަ ދިވެހި އެމްބަސީގެ ސަފީރުކަން މީގެ ކުރިންވެސް ކުރައްވާފައެވެ،

ތިލްމީދާ ހުސެއިން ވަނީ އެމެރިކާގައި ހުންނަ ދިވެހި އެމްބަސީގެ ސަފީރުކަމުގެ އިތުރުން ނިއުޖާރސީގެ ރަމަޕޯ ކޮލެޖްގެ އެޑްޖަންކްޓް ޕްރޮފެސަރ އޮފް ސަސްޓެއިނެބިލިޓީގެ މަގާމާއި ޔުނައިޓެޑް ސްޓޭޓްސް ކްލައިމެޓް އެކްޝަން ނެޓްވޯކްގެ ސޯޝަލީ އެންޑް އިކޮނޮމީ ޖަސްޓް އެޑެޕްޓޭޝަން އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމުގެ ކޯ ޗެއަރ ކަންވެސް ކުރައްވާފައެވެ.

ރައީސް ވަނީ އިތުރު ސަފީރުން ތަކަކަށްވެސް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައެވެ. އެގޮތުން ޖަޕާނުގެ ސަފީރު ހަސަން ސޯބިރު، ކޮރެއާގެ ނޮން ރެޝިޑެންޝަންލ ސަފީރުކަމަށާާޢި، ބެލްޖިއަމަށާއި އީޔޫގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގް ނެދަލެންޑްސް ނޮން ރެޒިޑެންޝަލް ސަފީރަކަށް ހަމަޖައްސަން ވަނީ ހުށައަޅުއްވާފައެވެ.

އެ ނަންފުޅުތައް ދިރާސާ ކުރެއްވުމަށް ވަނީ މަޖިލީހުގެ ހާރިޖީ ކޮމިޓީ އަށް ފޮނުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: