ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމީމް ޕީޖީގެ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމައިފި

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް—
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އެ މަގާމުން ވަކި ކުރުމަށް ވެރިކަން ކުރާ މައިޕާޓީ އެމްޑިޕީގެ ޕީޖީ ގްރޫޕުން ނިންމައިފިއެވެ.

މިއަދު މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމަށް ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައެޅުމުން އެ މައްސަލަ މަޖިލީހަށް ހުށައަޅައިގެން ކުރިއަށް ގެންދިއުމަށް ވަނީ ފާސްކޮށްފައެވެ.

އެގޮތަށް ފާސްވީ ވޯޓްގައި ބައިވެރިވި 21 މެމްބަރުންގެ ތެރެއިން 17 މެމްބަރުންގެ ވޯޓުންނެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އެ ނިންމުމާއެކު މައްސަލަ ކުރިއަށް ގެންދާނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓި އަށް ހުށައަޅައިގެންނެވެ.

ޝަމީމް އާ މެދު މެދު ފާޑުކިއުންތަކެއް އަމާޒުވެފައިވަނީ އެމްއެމްޕީއާރުސިގެ ހިޔާނާތުގެ މައްސަލަ އާއި މަސްތުވާތަކެތީގެ ބޮޑުން ދޫވާ މައްސަލާ ގުޅިގެންނެވެ.

އެކަމުގައި އެމްޑީޕީގެ ބައެއް މެމްބަރުން ދަނީ ޕީޖީ ޝަމީމަށް ބޮޑެތި ފާޑުކިއުން ތަކެއް އަމާޒުކުރަމުންނެވެ. އެގޮތުން  އެފަދަ ކަންކަމުގައި ޕީޖީ ޝަމީމްގެ ބައިވެރިވުމެއް އޮވެދާނެ ކަމުގެ ތުހުމަތު ތަކެއްވެސް ވަނީ ކުރެވިފައެވެ.

ޕީޖީ ވިދާޅުވެފައިވާ ގޮތުގައި އެ އޮފީހަކީ ތަހުގީގީ އިދާރާތަކުން ފޮނުވާހާ މައްސަލަތަކެއް ކޯޓުތަކަށް ވައްދާ ޕޯސްޓް އޮފީހެއް ނޫނެވެ.

ކަމެއް ހިނގާފައި އޮތުމާއި ސާބިތުކޮށް ދެވޭ ކަންތައްތަކަކީ އެއީ މުޅިން ދެ ކަމެއް ކަމަށާއި އެ އޮފީހަށް މައްސަލައެއް ހުށަހެޅުމުން ބަލަނީ ސާބިތުކޮށްދެވެނީ ކޮން ކަމެއްތޯ ކަމަށާއި ކޯޓަށް ވައްދަނީ ހެއްކާއި އެކުގައި ކަމަށް ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 74 މެމްބަރުންގެ އިއްތިފާގުން ޕީޖީ ކަމަށް ރުހުން ދެއްވި، ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ސަބަބާ ގުޅޭ ގޮތުން އެކަމުގައި އުޅުއްވާ ބައެއް މެމްބަރުން ވިދާޅުވަނީ ޕީޖީގެ ޒިންމާ ފުރިހަމައަށް އަދާނުކުރެއްވޭ ކަމަށެވެ.

ސީރިއަސް އަދި ބޮޑެތި ބައެއް މައްސަލަތަކުގައި ދައުވާ ނުކުރުމާއި ނުބައިކޮށް މުއްދަތު ގުނުން ފަދަ ކަންކަން އޭގެތެރޭގައި ހިމެނޭ ކަަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: