ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އޮތީ ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ ހާލަތެއްގައި ނޫން: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އޮތީ ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ ހާލަތެއްގައި ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ، ދައުލަތުގެ ދަރަނި އަދި ދަރަނި މެނޭޖްކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅޭގޮތުން، މައުލޫމާތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައެވެ. އަމީރު ވިދާޅުވީ، ރާއްޖޭގެ ދަރަނި މެނޭޖުކުރަން ޖެހޭނީ މާކެޓާ ފްރެންޑްލީ ގޮތަކަށް ކަމަށާއި ސަރުކާރުން އެކަން ކުރަނީ އެގޮތަށް ކަމަށެވެ. އަދި ރާއްޖޭގައި މިހާތަނަށް ދަރަނި މެނޭޖްކޮށްފައި ވަނީ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަމަށް އަމީރު ވިދާޅުވިއެވެ.

ދަރަނި ރީސްޓްރަކްޗާ ކުރެވިދާނެ ގޮތްތައް އަމީރު ވިދާޅުވެފައި ވާއިރު އޭގެ ތެރެއިން އެއްގޮތަކީ މިހާރު ހުރި ލޯނުތަކުގެ މެޗުއަރިޓީ ޕީރިޑު ދިގުކުރުން ނޫނީ އިންޓަރެސްޓު ރޭޓު ދަށްކުރުން، ކަމަށް އަމީރު ފާހަގަ ކުރެއްވިއެވެ. އަމީރު ވަނީ މި ނޫން ގޮތަކަށް ޑެޓް ރީސްޓްރަކްޗަރިން ހިންގައިފިނަމަ ފެންނާނީ ދަރަނި ނުދެއްކި ގޮތް ހުސްވާ ހާލަތެއްގައި އޮތް ތަން ކަމަށް ވިދާޅުވެ މިވަގުތު ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ ހާލަތު ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގެ އިގްތިސާދަށް މިހާރު ލިބިފައިވާ ކުރިއެރުންތަކަކީ، ކޯވިޑުގެ ދުވަސްވަރު ދަރަންޏަށް ފައިސާ ނަގައިގެން އިގްތިސާދީ ހަރަކާތްތައް ހުއްޓުނަ ނުދީ ކުރިއަށް ގެންދިޔުމުން ލިބުނު ކުރިއެރުންތަކެއް ކަމަށް އަމީރު ފާހަގަކުރެއްވިއެވެ.މީރު ވަނީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ހާލަތުން އަރައިގަނެ، ކުރީގެ ހާލަތަށް މިއަހަރުގެ ފަހުކޮޅު ރުޖޫއަ ވެވޭނެ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: