ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުސޫލަކީ އެވަގުތަކު ނަޝީދު ބޭނުންވާ ގޮތަށް ލެނބެންޖެހޭ އެއްޗެއް: އިބްރާ

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެޕާޓީގެ ފައުންޑަރ އިބްރާހިމް އިސްމާއިލް (އިބްެރާ)
ޝެއާރކޮށްލާ ކަހަލަދޯ؟

އުސޫލުތަކަކީ އެވަގުތަކު  އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުން ފުޅުވާ ގޮތަކަށް ލެނބެންޖެހޭ އެއްޗެއް ކަމުގައި އެމްޑީޕީގެ ކުރީގެ ރައީސް އަދި ފައުންޑަރ އެއް ކަމަށް ވާ އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް  މަގާމުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނެރުނު ވިޕްލައިނާ ދެކޮޅަށް ރައީސް ނަޝީދު ނުކުމެވަޑައިގެންނެވުމާއި ގުޅިގެން އިބްރާހ ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

އިބްރާގެ ވާހަކައިގައި ރައީސް ނަޝީދަކީ އުސޫލަށް ތަބާވާން އެއް އިރެއްގައިވެސް ބޭނުންފުޅުވާ ބޭފުޅެއް ނޫން ކަން ހާމަކުރައްވާފައެވެ.

ޕީޖީ ޝަމީމް ގެ މައްސަލައިގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން އޭނާ ވަކިކުރުމަށް ނިންމުމާއި ގުޅިގެން އެ ކަމާއި ދެކޮޅަށް ވޯޓް ދޭން ތިބި މެމްބަރުންނަކީ ކޮބައިރޯ ރައީސް ނަޝީދު ވަނީ ބައްލަވާފައެވެ.

އެކަމަށް އިޝާރަތްކުރައްވައި އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ވަނީ 16 ބޭފުޅަކު ތިއްބެވީ ވިޕްލައިނާ ހިލާފްވެ އެމަނިކުފާނާއި އެކުގައި ކަން ހާމަ ކުރައްވާފައެވެ.

އެމްޑީޕީގެ ވިޕްލައިނާ ހިލާފަށް ވޯޓް ދިނުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވާއިރު، އެމްޑީޕީ އަކީ ފާއިތުވެ ދިޔަ މާޒީގައި ވިޕާއި ހިލާފުވެގެން ސުލޫކީ ފިޔަވަޅު އަޅާ ބައެއް މެމްބަރުން ވަކި ކޮށްފައިވާ ޕާޓީ އެކެވެ.

އެގޮތުން ކުރީގެ ޗެއަރޕާސަން އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކަކީ އެމްޑީޕީގެ ވިޕާއި ހިލާފުވުމުގެ ސަބަބުން ފިޔަވަޅު އަޅާ އެޕާޓީއިން ބޭރުކުރި ފަރާތެކެވެ.

ނަމަވެސް ރީކޯގެ ފަހުން ބައެއް ބޭފުލޫން ޕާޓީގެ ވިޕްލައިނާއި ހިލާފުވި ނަމަވެސް ވަކި ނުކޮށްތިބި ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކައުންސިލް ތަކުގެ ދައުރު ފަސް އަހަރަށް ދިގުކުރުމަށް ނެގި ވޯޓްގައި އެމްޑީޕީގެ 5 މެމްބަރަކު ވޯޓް ދީފައިވަނީ ޕާޓީގެ ނިންމުމާ ދެކޮޅަށެވެ. ނަމެވެސް އޭގެ ތެރެއިން އެންމެ ބޭފުޅަކަށް ވެސް ފިޔަވަޅު އަޅާފައެއް ނުވެއެވެ.

އިބްރާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ބަރުލަމާނީ ނިޒާމެއްގައި  ވިޕް އޮންނާނީ ސަރުކާރުގެ ވެރިޔާ ނުވަތަ ބޮޑުވަޒީރުގެ އަތުގައި ކަމަށް ބުނެފައި ވެއެވެ. އަދި އޭނާ ބޭނުން ނުވާ ގޮތަކަށް މަޖިލިސް ގެ އެއް ކަމެއް ވެސް ނުވާނެ ކަމުގައި ހާމަކޮށްފައިވެއެވެ.

 

ރައީސް ނަޝީދުގެ އަމާޒު އެއް ދުވަސްވަރެއްގައި ހުންނެވީ ބޮޑުވަޒީރު ކަން ހާސިލް ކުރެއްވުމުގެ އަޒުމުގައެވެ. އެދުވަސްވަރު އެކި މުނާސަބަތުގައި އެމަނިކުފާނު ވަނީ ބަރުލަމާނީ ނިޒާމެއްގައި މަޖިލީހުގެ މެމްބަރުންނަށް އެކަކު އަނެކަކަށް ބަހުސް ކޮށް ހެދޭނެ ކަމުގައި ވިދާޅުވެ މަޖިލީހުގައި އެ މައުޟޫއަށް ވާހަކަ ދައްކަވާފައެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެ ޕާޓީގެ ކޮންގްރެސް އަށް  ރައީސް ނަޝީދުގެ ފަރާތުން ހުށައަޅާނެ މުހިއްމު ކަމެއްގެ ގޮތުގައި ވެރިކަމުގެ ނިޒާމާއި ގުޅޭ ގޮތުން ކުރެވޭ ސުވާލު ނުވަތަ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ހިމެނެއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕް ތެރޭގައި މައްސަލަ ތަކެއް ޖެހިފައި މިވަނީ އެޕާޓީގެ ޗެއަރޕާސަން އިންތިހާބުގެ ދުވަސްވަރުން ފެށިގެން ކަން ފާހަގަކޮށްލެވެއެވެ. އިންތިހާބުގައި ނާކާމިޔާބު ވެވަޑައިގެން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި އެބޭފުޅާގެ ކެމްޕޭން ޓީމް ގައި މަސައްކަތް ކުރެއްވި މަޖިލިސް މެމްބަރުން ގެންދަވަނީ މަޖިލީހުގައި ވެސް އަލަށް އިންތިހާބުވި ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ޓީމްގެ ބޭފުޅުންނާއި ބަހުގެ ހޫނު ހަމަލާތައް ބަދަލުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: