ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުން ހަމަކުރުމަށް ދީފައިވާ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ: އިލެކްޝަންސް

ބަަޖެޓު ދިރާސާކުރާ ކޮމިޓީއިން 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި ބައްދަލުކުރުން/ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީ ތަކަށް މެމްބަރުން ހަމަކުރުމަށް ދީފައިވާ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ސިޔާސި ޕާޓީ ތަކުގެ ގާނޫނުގައިވާ އަދަދަށް މެމްބަރުން ހަމަކުރުމަށް ސިޔާސީ ޕާޓީތަކަށް މުއްދަތު ދީފައިވަނީ ތިންހާސް ހަމަނުވާ ގިނަ މެމްބަރުން އިލެކްޝަންސްގައި ރަޖިސްޓްރީ ކޮށްފައި އޮތުމުންނެވެ.

3000 މެމްބަރުން ހަމަނުވާތީ ނޯޓިސް ފޮނުވި ޕާޓީ ތަކުގެ ތެރޭގައި ހިނެމެނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމެންޓާއި ޑީއާރުޕީ ގެ އިތުރުން މޯލްޑިވްސް ލޭބަރ އެންޑް ޝޯސަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްޑީ) އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އުފައްދަވާފައިވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އެވެ.

ރާއްޖޭގައި 11 ސިޔާސީ ޕާޓީއެއް ރަޖިސްޓަރ ކޮށްފައިވީ ނަމަވެސް މެމްބަރުން ހަމަވެ، ދައުލަތުން ފައިސާ ދޫކުރަނީ އެމްޑީޕީ އާއި ޕީޕީއެމްގެ އިތުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: