ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖައިލަމް މަރާލި މައްސަލަ ހައިކޯޓްގައި އިސްތިއުނާފްކޮށްފި

ޖައިލަމް އަހްމަދު ޝާކިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ތޫނު އެއްޗަކުން ހަމަލާދީ 2015 ވަނަ އަހަރު މާލޭގައި މަރާލި ޖައިލަމް އަހްމަދު ޝާކިރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހުންގެ ތެރެއިން ތިން މީހަކަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތުނުވި މައްސަލަ ހައިކޯޓްގައި އިސްތިއުނާފް ކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ އިސްމާއިލް އަނީގާއި އަލީ އިރުފާނާއި ނަސީބު ސައީދުގެ އިތުރުން މުހައްމަދު ހުމައިދުގެ މައްޗަށެވެ.

އިރުފާން އަދި ނަސީބު ސައީދުގެ މައްޗަށް އުފުލާފައިވަނީ މީހަކު މެރުމުގައި ބައިވެރިކަމުގެ ދައުވާއެވެ.

މި ހަތަރު މީހުންގެ މައްޗަށް ދަށު ކޯޓުގައި ކުށް ސާބިތުވެފައިނުވާއިރު، އިރުފާންއާއި ނަސީބު ސައީދު ގެ މައްސަލަ ހައިކޯޓްގައި ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އަދި ހުމެއިދުގެ މައްސަލަ ހައިކޯޓްގެ ރަޖިސްޓްރީގަ ނެތެވެ.

މައްސަލައިގައި ކްރިމިނަލް ކޯޓުގެ ހުކުމް އިއްވިއިރު މައްސަލަ ބެއްލަވާ ގާޒީ ގެ ވާހަކައިގައި ހާދިސާ ހިނގާފައިވާ ތަނުން ނެގި ފޮރެންސިކް ސާމްޕަލްތަކާއި ފިންގަރ ޕްރިންޓް ތައް ދައުވާ ލިބޭ ފަރާތާއި ގުޅުންނެތް ކަން ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން މައްސަލައިގައި ހިމެނޭ ހެކިން ގެ ބަޔާން ފުލުހުން  ނަގާފައިވަނީ ގަދަކަމުން ކަމުގައި ގާޒީ ވިދާޅުވިއެވެ.

އެ މައްސަލައިގެ ވީޑިއޯ ފުޓޭޖް އެނަލިސިސް ރިޕޯޓާއި އެ ހާދިސާ އާއި ގުޅުމެއް ނުވާ ކަމަށް މައްސަލަ ބެއްލެވި ގާޒީގެ ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.

ސަބަބަކީ ފުޓޭޖްތަކުގެ ޗެއިން އޮފް ކަސްޓަޑީ އެ ވީޑިއޯ އާއި އެކު ހުށައަޅާފައި ނުވާތީ ކަމުގައި ގާޒީ ވިދާޅުވިއެވެ.

ޖައިލަމްގެ ހަށިގަނޑުގެ ގިނަ ތަން ވަނީ ޒަހަމްކޮށްލައިފައެވެ. އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.

ޖައިލަމަށް ހަމަލާދީފައިވަނީ ގޭންގް ގްރޫޕަކުން ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

އޭނާ އަށް ހަމަލާ ދިނީ ދަރުބާރުގެ ކައިރީގައި ހުންނަ، ޖައިލަމް ދިރިއުޅުނު ގެ ކައިރީގައެވެ. އޭނާގެ ހަށިގަނޑުގެ 12 ތަނަކަށް ހަމަލާދީފައިެވެވެ.

ޖައިލަމް މަރުގެ މައްސަލައިގައި ދައުވާ ލިބުނު ހަތަރު މީހުންގެ މައްޗަށްވެސް ދަޢުލަތުން ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: