ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޕްލައިންނާއި ހިލފްވާ މެމްބަރުންނާއި މެދު ފިޔަވަޅު އަޅާނަން: އަސަލަމް

ކުރީގެ ރައީސް ނަޝީދު، އަސްލަމްއާ ސަލާމް ކުރައްވަނީ— ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނެރޭ ވިޕްލައިންނާއި ހިލާފަށް އަމަލު ކުރައްވާ މެމްބަރުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ވިޕްލައިންނާއި ހިލާފްވާ މެމްބަރުންނާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު އަސްލަމް ދެއްވާފައި މިވަނީ ޕީޖީ ގުރޫޕުން ނެރޭ ބައެއް ވިޕްތަކާއި މެދު ހިތްހަމަ ނުޖެހުންފާޅުކޮށް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.

ޕީޖީ ގުރޫޕުން ނެރޭ ވިޕްލައިންނާއި މެދު ނުރުހުން ފާޅުކުރައްވައި ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވީ ޕްރޮސިކިއުޓަރ ޖެނަރަލް ހުސެން ޝަމީމް ޕީޖީގެ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމައި ތްރީލައިން ވިޕެއް ނެރުމާއި ގުޅިގެންނެވެ.

މިގޮތުން ޕާލިމެންޓްރީ ގުރޫޕުން ކަންކަން ނިންމަމުން ގެންދާގޮތަށް ބަލައި ކޮންމެފަހަރަކު ވިޕްލައިން އާއި އެއްގޮތަށް ވޯޓް ލާން ބޭނުން ނުވާ މެމްބަރުން ނަން ނޯޓު ކޮށްދިނުމަށް ނަޝީދު އެދުނެވެ. އަދި އެގޮތަށް ވޯޓުލާ ސަބަބު އާންމު މެމްބަރުންނަށް ސާފުވާނެ ކަމަށާއި އާންމު މެމްބަރުން އެ ބޭފުޅުން ޕާޓީން ވަކި ނުކުރާނެ ކަމަށް އުންމީދުކުރާކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރޭ ވިޕާއި ހިލާފަށް އަމަލު ކުރައްވާ މެމްބަރުންނާއި މެދު ފިޔަވަޅު އަޅުއްވާނަންތޯ “ސަންގުޓީވީ” އިން ސުވާލު ކުރުމުން އެމްޑީޕީގެ ޕީޖީ ލީޑަރ އަސަލަމް ވިދާޅުވީ ޕާޓީގެ ޕީޖީ ގުރޫޕުން ނެރޭ ވިޕާއި ހިލާފަށް ވޯޓު ދެއްވާ މެމްބަރުންނާއި މެދު އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ޕީޖީ ގުރޫޕުން ވިޕް ނެރެމުން ދަނީ ޕީޖީ ގުރޫޕުގެ ބައްދަލުވުންތައް ނުބާއްވައި ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ބެހޭ ގޮތުން ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ ކުއްލި ކުއްލިއަށް ނެރެން ޖެހޭ ވިޕްތައް ނޫނީއްޔާ ދެން ހުރިހައި ވިޕެއް ވެސް ނެރެނީ ޕީޖީ ގުރޫޕުގައި މަޝްވަރާ ކުރުމަށް ފަހު ނެގޭ ވޯޓަކަށް ފަހު ކަމަށެވެ. އަދި ވިޕް ނެރުމުގެ ކުރިން ޕީޖީ ގުރޫޕުގެ ލީޑަރޝިޕާއި މަޝްވަރާ ކުރާ ކަމަށާއި އެހެން ކަމުން ވިޕް ނެރެނީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ނުވަތަ މަޝްވަތާ ނުކޮށް ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: