ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލައި އިތުރު ސްކޫލްތައް ހުޅުމާލޭގައި އަލާނެ: ފައިސަލް ނަސީމް

ނައިބު ރައީސް ފައިސަލް ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ކިޔަވާ ކުދިންގެ އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލައި އިތުރު ސްކޫލްތައް ތަރައްގީ ކުރާނެ ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އަޖިއަލް ބައިލިންގުއަލް ސްކޫލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ހުޅުމާލޭގައި އިތުރު 5 ސްކޫލެއް އެޅުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި އޭގެ ތެރޭގައި ދެ ޕްރީ ސްކޫލް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ތައުލީމީ ދާއިރާގެ ކުރިއެރުމަށާއި ދަރިވަރުންނަށް އުުގެނުމުގެ ތަޖުރިބާތައް އިތުރުކޮށްދީ ވަށައިޖެހޭ ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން އެލްޖަރީ ހޯލްޑިންގ އާ އެކު ކުރިއަށް އެޅީ ވަރަށް މުހިއްމު ފިޔަވަޅެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މި ސަރުކާރުގެ އެންމެ އިސް ވާޖިބަކީ އިސްލާމީ އަގީދާއަށް ބޯލަނބައި އިހްތިރާމާއި ނަޒާހަތްތެރިކަން އަދި އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އަޅާލާ އެހީތެރިވެ އުޅޭ މާހައުލެއް ދަރިވަރުންނަށް ގާއިމްކޮށްދިނުން ކަމުގައި ފައިސަލް ވިދާޅުވިއެވެ.

އަދި ހުރިހާ ބާވަތެއްގެ ނުރައްކަލުން އަޅުގަނޑުމެންގެ ދަރިން ރައްކާތެރިކުރެވެން އޮތް އެންމެ ރަނގަޅު މަގަކީ އެންމެ ފުރިހަމަ ގޮތުގައި ކުދިންނަށް ތައުލީމާއި ތަރުބިއްޔަތު ދިނުން ކަމުގައި ފައިސަލް ވިދާޅުވިއެވެ.

ކުވެއިތުގެ އެލްޖަރީ ހޯލްޑިންގ ގްރޫޕުން ހުޅުމާލޭގައި އަޅާ އަޖިއަލް ބައިލިންގުއަލް ސްކޫލަކީ، އެންމެ ފަހުގެ ޒަމާނީ ވަސީލަތް ތަކާއެކު، އިނގިރޭސި އަދި އަރަބި މީޑިއަމަށް ކިޔަވައިދޭނެ ސްކޫލެކެވެ.

މި ސްކޫލަކީ ޕްރީސްކޫލް އިން ފެށިގެން ސާނަވީ ތައުލީމްގެ އިތުރުން މަތީ ސާނަވީ ތައުލީމަށް ކިޔަވައިދޭ އިންޓަރނޭޝަނަލް ސްކޫލެކެވެ.

އެލްޖަރީ ހޯލްޑިންގ ގްރޫޕުން މި ސްކޫލް ތަރައްގީ ކުރާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ސްކޫލް ހުޅުވާއިރު، ސްކޫލްގައި ކިޔަވައިދޭނީ ޕްރީސްކޫލާއި ޕްރައިމަރީ ގްރޭޑްތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: