ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރަންޓްގައި ވަޅިން ހަމަލާދީ މަރާލި ބަންގްލަދޭޝްގެ އެމްޑީ ޝާހީމް މަރާލި މައްސަލައިގައި ހައްޔަރުކުރި ޕާކިސްތާނުގެ ރައްޔިތެއްކަމަށްވާ މުހައްމަދު އާބިދު ގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލަ ފުލުހުން ފޮނުވާފައިވަނީ އިއްޔެ ކަމަށާއި އެ މައްސަލަ ދަނީ ދިރާސާ ކުރަމުންނެވެ. އަދި މިހަފްތާ ތެރޭގައި އެ މައްސަލައިގައި އަާބިދު އަށް ދައުވާ ކުރުމާމެދު ގޮތެއް ނިންމަވާނެ ކަމުގައި ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އާބިދު އެންމެފަހުން ކޯޓަށް ހާޒިރުކޮށްފައިވަނީ މެއި މަހުގެ 30 ވަަނަ ދުވަހެވެ. އެދުވަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ. އަދި ވަނީ އާބިދުގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގުގެ މުއްދަތު މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްދޭން ވެސް ވަނީ ނިންމައިފައެވެ.

