ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެނބަދޫ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ: އެމްޑަބްލިއުއެސްސީ

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑަބްލިޔުއެސްސީ އިން ނ ހެނބަދޫގައި ގާއިމްކުރާ ފެނުގެ ނިޒާމުގެ މަސައްކަތުގެ މުޅި މަޝްރޫއުގެ 50 ޕަސެންޓަށް ވުރެ ބޮޑުބައި ނިމިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ހެނބަދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއަކީ 41.25 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ހެނބަދޫގައި 4.83 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯޓްގެ ހޮޅި ވަޅުލުމާއި ބޯހޯލް ތޮރުފުމުގެ މަސައްކަތް ތަކާއި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރަތްކުރާ ފެެސިލިޓީ ބިލްޑިންގ ގެ މަސައްކަތް ހިމެނެއެވެ. އަދި ފެން ރައްކާ ކުރާ ތާނގީގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފައިވެއެވެ.

މީގެ އިތުރުން، ގޭގޭގައި ފެން މީޓަރު ހަރުކޮށް ފެނުގެ ކަނެކްޝަން ގުޅައިދިނުމާއި އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެން ދާނެ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.

ފެން އުފެއްދުމަށްޓަކައި  ދެ އާރު އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުމަށް ބޭނުންވާ ޖެނެރޭޓަރު ސެޓާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

ހެނބަދޫގެ ފެނުގެ މަޝްރޫއަކީ ޕްލޭނިންގ މިނިސްޓްރީން އެމްޑަބްލިޔުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއު ނިމުމުން ހެނބަދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: