ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޝާމަދު ކުރުމަކީ ބައްޔެއް، ވެރިކަން ބޭނުންނަމަ ނަޝީދުގެ ނަސޭހަތް ގަބޫލުކުރަންޖެހޭ: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސަކަށް ހުންނަ މީހަކަށް ހުޝާމަދު ކުރުމަކީ ބައްޔެއްކަމަށާއި، ވެރިކަން ބޭނުންވާނަމަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހެޔޮ ނަސޭހަތް ގަބޫލުކުރަންޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެވެ.

މަޖިލީހުގެ ޖަލްސާ ތަކުގައާއި ޝޯސަލް މީޑިއާގައި މެމްބަރުން ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށް ހުޝާމަދުކޮށް ދައްކަމުންދާ ވާހަކަ ތަކާއި ގުޅިގެން ބޮންޑޭ ވިދާޅުވީ، ވެރިކަމަށް އެމްޑީޕީގެ މެމްބަރުން އެހެން ބޭފުޅުންވެސް މިރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުލުންނަށް ސަނާކިޔައި ހުޝާމަދު ކޮށްގެން ވީގޮތް ސާފުނުވާ ކަމަށެވެ.

އެމްޑީޕީ ތެރެއިން ވެރިކަމަށް އަންނަން ބޭނުންވާ ކޮންމެ މީހަކުވެސް ރައީސް ނަޝީދާއި، މަޖިލިސް ނައިބު ރައީސް އިވާ އަބްދުﷲ ގެ ހެޔޮ ނަސޭހަތް ގަބޫލު ކުރަންޖެހޭ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

” އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ މިގައުމުގެ ރައީސުލްޖުމްހޫރިއްޔާ އަކީ އެއީ މަގާމަކަށް ކިޔާ ނަމެކޭ. އެ މަގާމަށް އަންނަނީ ފަސް އަހަރުން އެއްފަހަރު އަންނަ ބޭފުޅެއް. ރައީސް ނަޝީދުގެ ވާހަކަ، ރައީސް ނަޑީދުގެ އިރުޝާދު ރަނގަޅު ހެޔޮ ނަސޭހަތް، އީވާގެ ހެޔޮ ނަސޭހަތްތައް ގަބޫލު ނުކުރައްވަންޏާ ދެން އެމްޑީޕީގެ އާންމު މެމްބަރުންގެ ހެޔޮ ނަސޭހަތްތައް ގަބޫލު ނުކުރާ ކަމަށް ވަންޏާ ދެން އެބޭފުޅަކަށް ވާނެ ގޮތް މާތް ރަސްކަލާނގެ ދެނެވޮޑިގެންވާނީ. އަޅުގަނޑު އެދެން ހަމަ ދެވަނަ ދައުރަކަށް އެމަނިކުފާނަށް ފުރުސަތު ދެއްވާތޯވެސް. އެކަމަކު ކީއްތޯ ކުރާނީ؟ ހުޝާމަދު ކުރުމަކީ ބައްޔެއް. ބޮންޑެ

ބޮންޑެ ވިދާޅުވީ މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނަށް ހުޝާމަދު ކުރެއްވި ބޭފުޅުން މިއަދު ތިިބި ތަނެއްވެސް ނޭނގޭ ކަމުގައެވެ. އޭރުގައި ހުޝާމަދުކޮށް ހެއްދެވި ވެރިންގެ ތެރެއިން ބައެއް ރައީސުންނަށް މިއަދު 3000 މެމްބަރުންވެސް ހަމަނުވާ މަންޒަރު ފެނުމަކީ ލަދުވެތިވާންޖެހޭ ކަމެއްކަން އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ތެރޭގައި ވެރިކަން ކުރާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ކުރާ ބައެއް މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާ ތަކެއް ބަދަލުކުރަމުން ގެންދާއިރު، ދެ ފެކްޝަނުން މިހާރު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ މަސައްކަތް ތައް ފަށާފައެވެ. އެގޮތުން އެއްބަޔަކު ރައީސް ސާލިހު ދެވަނަ ފަހަރަށް އިންތިހާބު ކުރުމަށް ހަރުއަޑުން ގޮވާއިރު އަނެއް ބަޔަކު ބުނަމުންދަނީ ރައީސް ނަޝީދަށް ވެރިކަން ކުރުމަށް އަންނަ ދައުރު ދޭންޖެހޭނެކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: