ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިންގަޕޫރުގެ ސަފީރު ކަމަށް ތަސްމީން!

އަހުމަދު ތަސްމީން އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް ޑީއާރުޕީގެ ކުރީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ހުށައަޅުއްވައިފިއެވެ.

ތަސްމީން ސިންގަޕޫރުގެ ސަފިރުގެ މަގާމަށް އައްޔަން ކުރުމަށް ނިންމެވިއިރު،  އެމަނިކުފާނުގެ އަނބިކަނބަލުން ވިސާމް އަލީ އަކީ މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ސަފީރެވެ. އެކަމަނާ އެމަގާމަށް އައްޔަން ކޮށްފައިވަނީ 26 މާޗް 2019 ގައެވެ.

ނަމަވެސް ނިމިދިޔަ އޭޕްރިލްމަހުގެ ތެރޭގައި ވިސާމް ވަނީ އެމަގާމުން އިސްތިއުފާ ދެއްވާފައެވެ.

ތަސްމީން ޑީއަރުޕީ ދޫކޮށް އެމްޑީޕީ އާއި ގުޅުނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު އިންތިހާބުގެ ދެވަނަ ބުރާއި ހަމައިންނެވެ.

މީގެ އިތުރުން ތަސްމީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައެވެ.

މަޖިލީހުގެ ރިޔާސަތުން  ވަނީ އެމައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީގުޅުންތަކާއި ބެހޭ ކޮމިޓީ އަށް ފޮނުވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: