ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަނޑޮސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ސައިޓް މޮބިލައިޒް ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ބަނޑޮސް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ.

އެމްޓީސީސީ އިން ބުނީ ބަނޑޮހުގެ ގޮނޑުދޮށް ހިމާޔަތް ކުރަން ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫއަކީ އޯކިޑް ހޯލްޑިންގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މަޝްރޫއުގެ ދަށުން 557 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރެވިގެނދާނެއެވެ.

އެ ކުންފުނިން ހާމަކުރިގޮތުގައި  ވައްޓަރުފަޅުގައި އޮންނަ 3 އާޓިފިޝަލް ރަށެއްގއ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލެވިފައި ކަމުގައި އެމްޓީސީސީ އިން ބުނެއެވެ.

ޓޭިރޒަމްގެ ދާއިރާއާއި ގުޅުންހުރި ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް އެމްޓީސީސީގެ ފަރާތުން ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި މިދިޔަ އަަހަރު އެކުންފުނިން ނިންމާ ހަވާލުކޮށްފައިވާ ސެންޓާރާ ނިއު ރިސޯޓް މޯލސްޑިވްސް: ރިކްލަމޭޝަން އޮފް ތްރީ ޑިފަރެންޓް އައިލެންޑްސް އަކީ އެފަދަ ފާހަގަކޮށްލެވޭ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: