އައްޑޫ ސިޓީ ފޭދޫގައި ހިނގި މާރާމާރީ އާއި ގުޅިގެން ހައްޔަރު ކުރި ފަސްމީހުންގެ ތެރެއިން ތިން މީހުން ދޫކޮށްލައިފިއެވެ.
އެމީހުން ދޫކޮށްލާފައިވަނީ ކޯޓުންނެވެ. ތޫނު އެއްޗަކުން ހަމަލާދީ ހިންގި އެ މާރާމާރީގައި އަނިޔާލިބުނު ޒުވާނާ ވަނީ ނިޔާވެފައެވެ.
އެ މަރާމާރީ އާއި ގުޅިގެން ސ ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން ނިޔާވެފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެ މައްސަލައިގައި އުމުރުން 15 އަހަރާއި 16 އަހަރުގެ ދެ ކުއްޖަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އަދި އަމާން ކަން ނަގާލަން އުޅުމުގެ ތުހުމަތުގައި ވެސް ބަޔަކު ހައްޔަރުކުރިއެވެ.
މިއަދު ދޫކޮށްލި ތިން މީހުންނަކީ މާރާމާރީއާއި ގުޅިގެން ރަށުގެ އަމާންކަން ނަގާލުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ތިން މީހުންނެވެ.
އެ ހަމަލާގައި މަރުވި ޒަޔާންގެ ގައިގެ އެތައް ތަނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާ ދީފައެވެ.

