ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމިކް މިނިސްޓްރީގެ ދަރުސް ޕޯޓަލް އިފްތިތާހުކޮށްފި

އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމިކް މިނިސްޓްރީގެ ދަރުސް ޕޯޓަލް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.

ދަރުސް ޕޯޓަލް އަކީ ދަރުސް އިންތިޒާމް ކުރާ ފަރާތްތަކާއި، ދަރުސް ދިނުމަށް އެދޭ ފަރާތްތަކަށް ފަސޭހަކަމާ އެކު ހުއްދަ ހޯދުމުގެ އިންތިޒާމް ހަމަޖެހިގެންދާ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ.

މީގެ ކުރިން ދަރުސް ދިނުމުގެ ހުއްދައަށް އެދި ހުށައަޅަންޖެހެނީ އިސްލާމިކް މިނިސްޓްރީއަށް ފޯމެއް މެދުވެރިކޮށެވެ. ނަމަވެސް މި ޕޯޓަލް އާއި އެކު ކުރިއަށް ވުރެ ފަސޭހައިން ހުއްދައަށް އެދެވޭ އިރު ފޯމެއް ހުށައަޅާކަށް ނުޖެހޭނެއެވެ.

ދަރުސް ޕޯޓަލްގައި ރަޖިސްޓްރީކޮށް، ހުއްދައަށް އެދުމުން، އެސްއެމްއެސް މެދުވެރިކޮށް ހުއްދަ ލިބުނުކަން ހުއްދައަށް އެދުނު ފަރާތަށް އެނގިގެންދާނެއެވެ.

މި ޕޯޓަލް މެދުވެރިކޮށް ދީނީ އިލްމުވެރިންނާއި ޖަމްއިއްޔާ ޖަމާއަތްތަކާއި ކައުންސިލްތަކަށް ހުއްދައަށް އެދެވިދާނެއެވެ.

ޕޯޓަލް މެދުވެރިކޮށް ދަރުސް ބޭއްވުމުގެ ހުއްދަ ހޯދުމަށް ފަހު، ހުއްދަ ދެވިފައިވާ ގޮތަށް، ދަރުސް ބޭއްވުނުކަން ނުވަތަ ނޫންކަން ޕޯޓަލް މެދުވެރިކޮށް އެންގުމުގެ ކުރިން އިންތިޒާމް ޕޯޓަލްގެ ތެރެއިން ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: